- Advertisement -ad image

މޮރޮކޯ ބަލިކޮށް ފްރާންސް ފައިނަލަށް

ad image

ގުޅުންހުރި ލިޔުންތައް


ވޯލްޑްކަޕް ސެމީ ފައިނަލުގެ ދެވަނަ މެޗް ކާމިޔާބުކޮށް ފްރާންސް ފައިނަލަށް ދަތުރުކޮށްފިއެވެ.
ފައިނަލުގައި ފްރާންސް ބައްދަލު ކުރާނީ އާޖެންޓީނާއާއެވެ.


ފްރާންސްއަކީ އެންމެ ފަހުގެ ވޯލްޑްކަޕްގެ ޗެމްޕިއަނުންނެވެ.

60 އަހަރުގެ ދިގު ތާރީޚަށް ނިމުމެއް ގެނެސް، ޖެހިޖެހިގެން ދެ ވޯލްޑް ކަޕެއްގެ ތަށި ހޯދާ 3 ވަނަ ގައުމަށް ވުމުގެ ފުރުސަތު ފްރާންސަށް މި ވަނީ ލިބިފައެވެ.

ފްރާންސް ފައިނަލަށް ދަތުރުކުރީ 2 0 ކުން މޮރޮކޯ ބަލިކުރުމަށްފަހުއެވެ.
މޮރޮކޯ ބަލިވިނަމަވެސް ވޯލްޑްކަޕްގެ ސެމީ ފައިނަލުގައި ސައުތު އެފްރިކާގެ ޓީމެއް ކުޅުނު މިއީ ފުރަތަމަ ފަހަރެވެ.
މުބާރާތުގެ ތިންވަނަ ހޮވާ މެޗްގައި މޮރޮކޯ އަދި ކްރޮއޭޝިއާ ބައްދަލުކުރާނީ ހޮނިހިރު ދުވަހުގެރޭ އަށެއް ޖަހާއިރުއެވެ.
އަދި މިއަހަރުގެ ވޯލްޑްކަޕްގެ ފައިނަލް މެޗް އޮންނާނީ 18 ޑިސެމްބަރުވާ އާދިއްތަ ދުވަހުގެ ރޭ އަށެއް ޖަހާއިރުއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ