- Advertisement -ad image

މެސީ އާއި އެމްބާއްޕެގެ ކުރިމަތިލުމެއް! ރަން ބޫޓު ލިބޭނީ ކާކަށް!

ad image

ގުޅުންހުރި ލިޔުންތައް

ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗާއި ހަމަޔަށް އައިސްފައިވާއިރު ފައިނަލްގައި ކުޅޭ ދެ ޓީމުވެސް މިހާރު މިވަނީ ކަށަވަރުވެފަ އެވެ. ގަދަ ހިފުމަކަށް ދާ މި މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ވޯލްޑްކަޕް ޗެމްޕިއަން ފްރާންސާއި ދުނިޔޭގެ ގިނަ ބައެއް ސަޕޯޓްކުރާ އަދި ކުރިން ދެ ފަހަރެއްގެ މަތިން ވޯލްޑްކަޕްގެ ޗެމްޕިއަނެއް ކަމަށްވާ އާރޖެންޓީނާ އެވެ.

ފްރާންސާއި އާރޖެންޓީނާގެ ސަޕޯޓަރުން ދުނިޔޭގެ އެކި ކޮޅުތަކުގައިވެސް އެބަތިއްބެވެ. ހަމައެހެންމެ މި މެޗު ހާއްސަވާ އަނެއް ސަބަބަކީ ދުނިޔޭގެ ފުޓުބޯޅައިގެ ރަސްގެފާނު ލިއޮނަލް މެސީ އާއި މިހާރު ފުޓުބޯޅައިގައި ކުރިއަރަމުން އަންނަ ތަރި ކައިލިޔާން އެމްބާޕޭގެ ކުރިމަތިލުން މި މެޗުން ފެންނާނެތީ އެވެ.

އާދިއްތަ ދުވަހު ކުޅޭ ވޯލްޑްކަޕްގެ ފައިނަލް މެޗަކީ މެސީ އާއި އެމްބާޕޭ ބައްދަލުކުރާ ދެވަނަ މެޗެވެ. އެންމެ ފުރަތަމަ މި ދެ ކުޅުންތެރިންގެ ކުރިމަތިލުން ފެނިގެން ގޮސްފައިވަނީ 2018 ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕްގެ ގަދަ 16 ހޮވުމަށް ކުޅުނު މެޗުންނެވެ. މި މެޗުން ފްރާންސް ވަނީ 3-4ގެ ނަތީޖާއަކުން އާރޖެންޓީނާ ބަލިކޮށްފަ އވެ. މި މެޗުގައި އެމްބާޕޭ ދެ ގޯލު ޖެހިނަމަވެސް މެސީއަކަށް އެންމެ ގޯލެއް ވެސް ޖެހިފައެއް ނުވެއެވެ.

އެމްބާޕޭގެ ފުރަތަމަ ވޯލްޑްކަޕް ކާމިޔާބު ކޮށްފައިވަނީ އުމުރުން އެންމެ 19 އަހަރުގަ އެވެ. މިހާރު އުމުރުން 23 އަހަރުގެ އެމްބާޕޭ ކުޅޭމުންދާ ފްރާންސްއިން މި ވޯލްޑްކަޕް ކާމިޔާބުކޮށްފިނަމަ ވެގެންދާނީ އެމްބާޕޭއަށް ފުޓުބޯޅައިގައި ލިބޭނެ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.

މެސީއަށް މި މެޗު ހާއްސަވާ އަނެއް ސަބަބަކީ މިއީ އޭނާގެ ކެރިއަރުގައި ވޯލްޑްކަޕް ކުޅޭނެ ފަހު އަހަރަށް ވުމެވެ. މެސީވަނީ މިއަހަރުގެ ވޯލްޑްކަޕް ފައިނަލަށްފަހު ރިޓަޔާރ ވާނޭކަން އިއުލާންކޮށްފަ އެވެ. އެހެންކަމުން މި މެޗުގެ ޕްރެޝަރު މެސީއަށް ވަރަށް ބޮޑުވާނެ އެވެ.

މެސީގެ ކެރިއަރުގައިވެސް މިއީ ވޯލްޑްކަޕްގެ ކާމިޔާބީ އާއި މިހާގާތަށް އާދެވުނު ދެވަނަ ފަހަރެވެ. 2014 ވަނަ އަހަރު އާރޖެންޓީނާއިން ވަނީ ވޯލްޑްކަޕްގެ ފައިނަލް ކުޅެފައެވެ. ޖަރުމަނާއި ދެކޮޅަށް ކުޅުނު މި މެޗު ކާިޔާބުކޮށްފައިވަނީ ޖަރުމަނުންނެވ

މިއަހަރުގެ ވޯލްޑްކަޕްގެ މިހާތަނަށް މެސީ އަދި އެމްބާޕޭ ވެސް ވަނީ ވަނީ ޖުމްލަ 5 ގޯލު ކާިޔާބުކޮށްދީފަ އެވެ. ގާތްގަނޑަކަށް އެއް ހަމައެއްގައި މިހާރު ވާދަކުރަމުންދާ މިދެ ތަރިންގެ އަމާޒު މިހާު އޮތީ ރަންބޫޓާއި ދިމާލަށެވެ. ހަމައެކާއެކު އެންމެންވެސް މިހާރު އިންތިޒާރު ކުރަމުންދަނީ މިތަނުން ރަންބޫޓު ހާސިލް ކުރާނޭ ކުޅުންތެރިއެއް އެނގޭނެ ދުވަހަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ