- Advertisement -ad image

ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ކްރޮއޭޝިއާއަށް

ad image

ގުޅުންހުރި ލިޔުންތައް


މޮރޮކޯ ބަލިކޮށް ކްރޮއޭޝިއާއިން ފީފާ ވޯލްޑް ކަޕް 2022 ގެ ތިންވަނަ ހޯދައިފިއެވެ.
ކްރޮއޭޝިއާ އަކީ 2018 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕްގެ ރަނަރަޕް ޓީމެވެ.

ގަތަރުގެ ޚަލީފާ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗު ކްރޮއޭޝިއާއިން ކާމިޔާބުކުރީ 2-1 ކުންނެވެ.
މި މެޗުގެ ހަތްވަނަ މިނެޓުގައި ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ.
އޭގެ ދެ މިނެޓު ފަހުން މޮރޮކޯއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ޖަހާދިނީ އަޝްރަފް ދާރީއެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ކްރޮއޭޝިއާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 42 ވަނަ މިނެޓުގައި މި ލަނޑު ކްރޮއޭޝިއާއަށް ޖަހާދިނީ މިސްލާވް އޯސިކްއެވެ.
މިމުބާރާތުގެ ފައިނަލް މެޗް ކުޅޭނީ މިރޭ އަށެއް ޖަހާއިރުއެވެ.
މި މެޗްގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ފްރާންސް އަދި އާރޖެންޓީނާއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ