- Advertisement -ad image

ފައިނަލް މެޗަށް ވަންނަން ޓިކެޓް ނުލިބުމުން އާޖެންޓީނާގެ ފޭނުން ރަތަށް!

ad image

ގުޅުންހުރި ލިޔުންތައް


ގަތަރު ވޯލްޑްކަޕް 2022ގައި މިރޭ ކުޅޭ ފައިނަލް މެޗް ބަލަން ދަނޑަށް ވަންނަން ޓިކެޓު ނުލިބުނު އާޖެންޓީނާގެ ފޭނުން ނުރުހުން ފާޅުކުރަން ފަށައިފިއެވެ.
މިރޭ ފައިނަލް މެޗް ކުޅޭނީ 88،966 މީހުންގެ ޖާގައިގެ ބޮޑު ލުސައިލް ސްޓޭޑިއަމްގައެވެ. ހަބަރުތައް ބުނާ ގޮތުން މިހާރުވެސް ފައިނަލް މެޗް ބެލުމަށް 50،000 އަށްވުރެ ގިނަ އާޖެންޓީނާގެ ސަޕޯޓަރުން ވަނީ ޓިކެޓް ގަނެފައެވެ.
އެހެންކަމުން މިރޭގެ މެޗްގައި ގިނަވާނީ އާޖެންޓީނާގެ ސަޕޯޓަރުންނެވެ. މިރޭގެ މެޗްގައި އާޖެންޓީނާގެ ސަޕޯޓަރުން 4000 ހަމާއި 6000 ދިދަ އަދި 2000 ސްކާފް ބޭނުން ކުރާނެ ކަމަށް ވެސް ހަބަރުތައް ބުނެއެވެ.
ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ ގަތަރުގައި ޓިކެޓް ވިއްކަމުންދާ މައި ކައުންޓަރު ކައިރީވެސް ނުރުހުން ފާޅުކުރަމުންނެވެ. ރިޕޯޓައް ބުނާގޮތުން ފައިނަލް މެޗްގެ ޓިކެޓް ވިއްކަނީ ތިންހާސް އެމެރިކާ ޑޮލަރަށް ނަމަވެސް ބެލެކް މާރކެޓްގައި ހަތަރުހާސް ޑޮލަރަށް ވެސް ޓިކެޓް ދަނީ ވިއްކަމުންނެވެ.
ކޮންމެއަކަސް މިރޭގެ ފައިނަލް މެޗަކީ ވޯލްޑްކަޕްގެ އެންމެފަހުގެ ޗެމްޕިއަން ފްރާންސް އަދި އާރޖެންޓީނާ އަށް މުހިންމު މެޗެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ