- Advertisement -ad image

ފުޓުބޯޅައިގެ ލެޖެންޑް ޕެލޭ މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ބްރެޒިލްގެ ފުޓުބޯޅައިގެ ލެޖެންޑް ޕެލޭ މަރުވެއްޖެ އެވެ.

ޕެލޭ މަރުވެފައިވަނީ އުމުރުން 82 އަހަރުގައި ހޮސްޕިޓަލުގައި އޮންނަވައިގެން ގޮހޮރުގެ ކެންސަރަށް ފަރުވާ ހޯދަމުން ދަނިކޮށް މިރޭގެ ވަގުތެއްގަ އެވެ.

ފުޓުބޯޅައިގައި ރެކޯޑު ހަދާ ތާރީހުން ޖާގަ ހޯދާފައިވާ ޕެލޭ ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް ކުޅުނުއިރު ތިން ފަހަރުގެ މަތިން ވޯލްޑްކަޕް ތަށި ހޯދާފަ އެވެ. މިތަނުން ފުރަތަމަ ތަށި އޭނާ ހޯދާފައިވަނީ އުމުރުން އެންމެ 17 އަހަރުގަ އެވެ.

ޕެލޭ ފާހަގަކުރެވިފައިވަނީ 20 ވަނަ ޤަރުނުގައި ހޮވާލެވުނު އެންމެ ނުފޫޒުގަދަ މީހުންގެ ތެރޭގައެވެ. ހަމައެހެންމެ ކަޅު ނަސްލުން ފުޓުބޯޅައިގައި އެންމެ ފުރަތަމަ ވިދާލި ތަރިއަކީވެސް ޕެލޭ އެވެ.

ޕެލޭއަށް ގޮހޮރުގެ ކެންސަރު ޖެހިފައިވާކަން އެނގިފައިވަނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އޭގެފަހުން ޕެލޭއަށް ވަނީ އެކި ފަހަރުމަތިން ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ފަރުވާދީފަ އެވެ.

ފުޓުބޯޅައަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ޕެލޭ މަރުވިއިރު ތިން ކައިވެންޏެއް ކޮށްފައިވެއެވެ. އަދި މި ތިން ކައިވެންޏަށް 7 ދަރިން ލިބިފައިވެއެވެ. ޕެލޭ ވަނީ ބްރެޒިލްގެ ކުރީގެ ސްޕޯޓްސް މިނިސްޓަރ ކަމުގެ މަގާމުވެސް އަދާކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ