- Advertisement -ad image

ޔޫއޭއީގެ އެސްޓްރޮނޯޓު މި ރަމަޟާންމަހު ރޯދަ ހިފާނީ ދުނިޔޭގެ ސަތަހައިން ބޭރުގައިހުރެ!

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް ރަމަޟާންމަހު ޔޫއޭއީގެ އެސްޓްރޮނޯޓު ސުލްތާން އަލް ނެޔާދީ ރޯދަ ހިފާނީ ޖައްވީ ސްޓޭޝަންގައި ހުރެގެން ކަމަށް ބުނެފި އެވެ.

މިމަހު 26 ވަނަ ދުވަހު ނެދާޔީ ފުރުމަށް ހަމަޖެހިފައުވާއިރު އޭނާ މި އަހަރުގެ ރަމަޟާން މަސް ހޭދަކުރާނީ ދުނިޔޭހމގެ ސަތަހައިން ބޭރުގަ އެވެ. މި ދަތުރަކީ މައިކްރޯ ގްރެވިޓީގެ ސަބަބުން އިންސާނުންގެ ހަށިގަނޑަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދިރާސާ ކުރުމަށް ކުރާ ހަ މަހުގެ ދަތުރެކެވެ.

ދުބާއީގެ ނޫހަކަށް ދިން އިނޓަވިއުއެއްގައި ނެޔާދީ ވަނީ އައިއެސްއެސް (އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން) ދަތުރުކުރާނީ ވަރަށް ބާރަށް ކަމަށާއި، އެހެންކަމުން ކޮންމެ 90 މިނެޓަކުން ދުނިޔެ ވަށާ ބުރެއް ޖަހާނެ އޭނާ ވަނީ ބުނެފަ އެވެ.

“ގާތްގަނޑަކަށް ކޮންމެ 24 ގަޑިއިރަކު 16 ފަހަރު އިރުއަރާ އޮއްސޭނެ، އެހެންވީމާ ކޮން ގަޑިއަކަށް ބަލާފައިތޯ ރޯދައަށް ހުންނާނީ އަދި ރޯދަ ވީއްލާނީ،” ނެދާޔީ ބުނެފައި ވެއެވެ.

އޭނާ ބުނީ ގަޑިއެއްގެ ގޮތުގައި ބަލާނީ އައިއެސްއެސްގައި ބޭނުން ކުރާ ޖީއެމްޓީ ގަޑި ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

1 ޚިޔާލު

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ