- Advertisement -ad image

ދަރިފުޅު “އޭ ފޯ އެޕަލް، ބީ ފޯ ބޯލް” ކިޔުމަކީ އަދި ވާހަކަދެއްކުމެއް ނޫން!

ad image

ގުޅުންހުރި ލިޔުންތައް

ތުއްތު ދަރިފުޅުގެ އުމުރުން ދެ އަހަރު ފާއިތުވެދާއިރުވެސް ވާހަކަ ނުދެއްކުމަކީ މިފަހަކަށް އައިސް ދިމާވާކަމެކެވެ. ތުއްތު ކުއްޖާ ވާހަކަދައްކާ އުމުރު ފަހަނައަޅާދައިރުވެސް މިކަން ފާހަގަނުވާ ބެލެނިވެރިން އުޅެއެވެ.

ތުއްތުކުއްޖާ ވާހަކަ ނުދައްކާކަން ބެލެނިވެރިޔާއަށް ފާހަގަނުވާ ގިނަ ސަބަބުތަކެއް ހުރެއެވެ. އެތަނުން އެއް ސަބަބަކީ ލިޔަންކިޔަން ބޭނުން ކުރާ ބައެއް އަކުރުތަކާއި ބަސްތައް ދަރިފުޅު ބޭނުންކުރަން ފެށުމުން އެއީ ވާހަކަދެއްކުންކަމަށް މައިންބަފައިންނަށް ހީވުމެވެ.

ރާއްޖޭގެ ސްޕީޗް ޕެތޮލޮޖިސްޓެއްކަމަށްވާ އައިޝަތު ޒިމްނާ ހުސެއިންގެ ފޭސްބުކްގައި ވަނީ މިކަމާއި ގުޅުންހުރި ބައެއް މައުލޫމާތު ހިއްސާކޮށްފަ އެވެ. އެގޮތުން “އޭ ފޯ އެޕަލް، ބީ ފޯ ބޯލް” އަދި “ހ އިން ހިނި، ނ އިން ނާށި” ކިޔުމަކީ ވާހަކަދެއްކުން ނޫންކަމަށް ޒިމްނާވަނީ ވިދާޅުވެފަ އެވެ.

ޒިމްނާ ވިދާޅުވިގޮތުގައި މިފަދަ އެއްޗިއްސަކީ އެންމެ ތުއްތުއިރު، ހާއްސަކޮށް ވާހަކަދައްކަން ދަސްކުރަމުން އަންނަ އުމުރުގައި ކުދިންނަށް މުއާމަލާތް ކުރުމަށާއި ވާހަކަދައްކަން ދަސްވުމަށް ފައިދާހުރި އެއްޗެއް ނޫނެވެ.

ކުދިންނަށް ރަނގަޅަށް ވާހަކަދައްކާ މުއާމަލާތްކުރަން ދަސްނުވަނީސް މިފަދަ ތައުލީމީ އެއްޗެހި ހިތުދަސްކުރުވަން މަސައްކަތް ކުރުވުމުގެ ސަބަބުން ކުއްޖާ ވާހަކަދެއްކުމަށް ކުރާ މަސައްކަތަށްވެސް ހުރަސް އެޅެއެވެ. ހަމައެހެންމެ ކުުދިން ހައިޕަރވާ ގޮތަށް އުފައްދާފައި ހުންނަ އެޑިއުކޭޝަނަަލް ޕްރޮގްރާމްސް އަކީ ކުއްޖާ ވާހަކަދައްކަން އެހީތެރިވެދޭ އެއްޗެއް ނޫންކަމަށްވެސް ޒިމްނާ ވަނީ ވިދާޅުވެފަ އެވެ.

އޭގެ ބަދަލުގައި ތުއްތުކުއްޖާ ވާހަކަދައްކާ އުމުރުގައި އެކި ކަހަލަ ފޮތްތަކާއި ވާހަކަ ކިޔައިދިނުމަކީ މުހިއްމު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ