- Advertisement -ad image

ޑައިނަސޯ އުމުރުގެ “ނައިޓްމެރިޝް” ކަނޑު ކިނބުލެއްގެ ފޮސިލް ފެނިއްޖެ

ad image

ގުޅުންހުރި ލިޔުންތައް

66 މިލިއަން އަހަރު ކުރިން ކަނޑުތަކުން ޝިކާރަކުރި “ނައިޓްމެރިޝް” ގެ ބާވަތެއްގެ ފޮސިލްތަކެއް ފެނިފައިވާ ކަމަށް ސައިންސްވެރިން ބުނެފިއެވެ.

ކިންޖަރިޔާ އަކިއުޓާ ނަމަކަށް ކިޔާ މި ދިރޭ ތަކެތީގެ ދިގުމިނުގައި ގާތްގަނޑަކަށް 26 ފޫޓް (8 މީޓަރު) ހުރެއެވެ. އެއީ އޯރްކާއެއް ފަދަ އެއްޗެކެވެ.

ސައިންސްވެރިން ބުނި ގޮތުގައި މި ބާވަތް ދިރިއުޅުނީ ޓައިރަނޯސޯރަސް ރެކްސް އަދި ޓްރައިސެރަޓޮޕްސް ފަދަ ޑައިނޯސަރުންނާ އެކުގަ އެވެ. މި ދިރާސާ ބިނާކޮށްފައި ވަނީ މޮރޮކޯގެ މައިނަކުން ފެނުނު ބޮލާއި ބޮލުގެ ކަށިތައް އެނަލިސިސް ކޮށްގެންނެވެ.

މި ދިރާސާގައި އިސްކޮށް އުޅުއްވި ޔުނިވާސިޓީ އޮފް ބާތުގެ ޑރ ނިކް ލޯންގްރިޗް ލިޔުއްވާފައިވާ ގޮތުގައި ފެނުނު ފޮސިލްގައި ހަރުފައެއްގެ މޫނާއި ވަޅިފަދަ ދަތްތައް ހުއްޓެވެ. ސައިންސްވެރިން ބުނި ގޮތުގައި އޭގެ ދަތްތަކުގެ ސަބަބުން އެ ދިރޭ ތަކެތީގައި “ނައިޓްމެރިޝް ސިފައެއް” އަދި “ނުރައްކާތެރި ކަށިގަނޑެއް” ލިބިފައިވުން އެކަށީގެންވެއެވެ.

އަދި މި ބާވަތަށް ފުރިހަމަ ނަމެއް ހޯދުމުގެ މަސައްކަތް ވެސް އެ ޓީމުން ކުރި އެވެ. ލޯންގްރިޗް އިތުރަށް ވިދާޅުވީ ކިންޖަރު މި ލަފުޒަކީ އަރަބިން “ހަންޖަރު” ކަމަށާއި އަކޫޓާ އަކީ “ތޫނު” އަށް ލެޓިން އިން ކިޔާ ބަހެކެވެ.

ކިންޖަރިޔާ އަކޫޓާ އަކީ މިއަދުގެ ކޮމޯޑޯ ޑްރެގަންސް އާއި އެނަކޮންޑާސްގެ ދުރުތާ ތިމާގެ ބާވަތްތެއް ކަމަށްވާ މޮސަސޯރު ގެ ނަމުން މަޝްހޫރު ބޮޑު މެރިން ލިޒަރޑްގެ އާއިލާއެއްގެ މެމްބަރެކެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ކިނބުލަކީ މޮރޮކޯގެ އައްސޭރިފަށުގައި އެޓްލާންޓިކް ކަނޑުގައި ދިރިއުޅެމުން ދިޔަ އެންމެ މަތީ ޝިކާރަވެރިންގެ ތެރެއިން އެކައްޗެވެ.

ލޯންގްރިޗް ވިދާޅުވީ މިއީ ތާރީޚުގެ ކޮންމެ ހިސާބެއްގައި ވެސް، ކޮންމެ ވަގުތެއްގައި ވެސް ފެނުނު އެންމެ ތަފާތު ކަނޑުގެ ދިރުންތަކުގެ ތެރޭގައި ހިމެނޭ ޖަނަވާރެއް ކަމަށާއި، މިއީ ކަނޑުގެ ހަރުފަތަކާއި ޑައިނަސޯތައް ނެތިދިއުމުގެ ކުޑަ އިރުކޮޅެއް ކުރިން ވެސް އޮތް ޖަނަވާރެއް ކަމަށެވެ.

މީގެ ގާތްގަނޑަކަށް 66 މިލިއަން އަހަރު ކުރިން، ކްރިޓޭސިއަސް ޒަމާނުގެ ފަހުކޮޅު، މޮސަސޯރުންނާއި ޑައިނަސޯ ވެސް ނެތިގެން ދިޔަ އެވެ.

އެތަކެތި ނެތިދިއުމުގެ ސަބަބުން ވެލާއާއި ސިއްކައާއި ސްވޯޑްފިޝް އާއި ލައްޓި ފަދަ މަސްތަކަށް ކަނޑުތައް ހުޅުވިގެން ދިޔައެވެ. 

ލޯންގްރިޗް ވިދާޅުވި ގޮތުގައި ވޭތުވެދިޔަ 66 މިލިއަން އަހަރުގެ ތެރޭގައި އިކޯސިސްޓަމް ސްޓްރަކްޗާއަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށް ފެނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ