- Advertisement -ad image

މުޅި ދުނިޔެއިން އެންމެ މަގްބޫލު 5 ހޮޓެލް!

ad image

ގުޅުންހުރި ލިޔުންތައް

އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުފަތުރު ކުރާނަމަ އެންމެ ފުރަތަމަ ވެސް ބަލާލެވެނީ ހޮޓެލްތަކުގެ ލިސްޓަށެވެ. ފެންވަރާއި އެއްވަރަށް ހޮޓެލްތަކުގެ ރޭޓްތަކަކީ ވެސް ގިނަ ބަޔަކު ސަމާލުކަން ދޭ ކަންކަމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގިނަ ބައެއްގެ މަޤްބޫލްކަން ހޯދާފައިވާ އެތައް ހޮޓެލްއެއް އެބަހުއްޓެވެ. މި ފަހަރު މި ހޮވާލަނީ މުޅި ދުނިޔެއިން އެންމެ މަޤްބޫލް 5 ހޮޓަލެވެ.

ޖޭޑް މައުންޓެން ރިސޯޓް
ކެރީބިއަންގެ ސެއިންޓް ލޫސިއާގައި ހުންނަ މި ހޮޓެލްއަކީ ރިސޯޓް ފެންވަރުގެ ހޮޓެލްއެކެވެ. އާންސޭ ޗެސްޓަނެޓް ބީޗްގެ ކައިރީ ފަރުބަދަތަކުގެ މަތީގައި ހަދާފައިވާ މި ހޮޓެލްއަކީ ފަތުރުވެރިންގެ މެދުގައި މަޤބޫލް މަންޒިލެކެވެ.

މި ހޮޓެލްގައި 29 އޯޕެން ލަގްޒަރީ ވިލާ ހިމެނޭ ގޮތަށް ހަދާފައިވާ މި ހޮޓެލްގެ އެންމެ ހާއްސަ އެއް ތަނަކީ އެވޯޑް ހާސިލްކޮށްފައިވާ ރެސްޓޯރަންޓެވެ.

ރަޔަވަދީ
ފަތުރުވެރިކަމަށް މަޝްހޫރު ތައިލޭންޑްގެ ކްރާބީގައި ހުންނަ މި ހޮޓެލްއަކީ ލަގްޒަރީ ބްޓީކްއެއް ގޮތަށް ފަރުމަކޮށްފައިވާ ހޮޓެލް އެކެވެ.

ވަށައިގެން ގަސްތަކުގެ ހިތްގައިމު މާހައުލެއްގެ މެދުގައި ހަދާފައިވާ މި ރިސޯޓު އޮންަނަނީ ވަކިން އޮންނަ ތިން ދޮންވެލީގެ ތުނޑިތަކެއްގެ ގާތުގައ އެވެ. އަދި ހޮޓެލްގެ ވަށައިގެން ޖަންގަލީގެ އިތުރުން ހުންނަ ކުދި ފަރުބަދަތަކަކީ ވެސް މިތަނުގެ ހާއްސަ އެެއްކަމެވެ.

އިންޓެލް ހޮޓެލްސް އެމްސްޓަރޑަމް ޒާންޑަމް

މި ހޮޓެލްއަކީ ނެދަރލޭންޑްސްގައި ހުންނަ ހޮޓެލް އެކެވެ. މިތަން ފަރުމާކޮށްފައިވަނީ އެތައް ކުލަތަކެއް ބޭނުންކޮށްގެން މީހުންގެ ލޮލުގައި އަޅައިގަންނާނޭ ފަދަ ގޮތަކަށެވެ.

މި ހޮޓެލްއަށް ބަލާލާއިރު ބޭރުން 70 އަށްވުރެ ގެ ފެންނާނެ އެވެ. މިތަން ފަރުމާކޮށްފައިވަނީ އިހު ޒަމާނުގެ މަޝްހޫރު ވަކަރުންނެވެ.

އެހެންނަމަވެސް ހޮޓެލްގެ އެތެރެއން އެންމެ ޒަމާނީ ހިދުމަަތްތައް ލިބެން ހުންނާނެ އެވެ.

މިހިރް ގަރް

އިންޑިޔާގެ ރަސްދަރިފަސް ކޮޅަށް ހާއްސަ ރާޖަސްތާންގައި ހުންނަ މި ހޮޓެލްއަކީ އޭޝިޔާގައި ވެސް މަޤްބޫލް ހޮޓެލް އެކެވެ.

ރާޖަސްތާނީ ސަހަރާގެ މެދުގައި ހުންނަ މި ހޮޓެލްއަކީ އަތްތެރިކަމުގެ ހުނަރުން ފުރިގެންވާ ތަނެކެވެ. މިތަން ހަދާފައިވަނީ އެއްކޮށް ވެލިންނެވެ.

ރާޖިސްތާނުގައި އެންމެ ކުރީގައި އޮތް އިކޯ ހޮޓެލްއަކީވެސް މިތަނެވެ.

ހޭންގިންގް ގާރޑެންސް އޮފް ބާލީ

އިންޑޮނޭޝިޔާގެ ބާލީއަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލް މަންޒިލެކެވެ. އެތަނުގެ ދޮންވެލި ގޮނޑުދޮށްތަކަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ތަންތަނެވެ.

ބާލީގައި ހުންނަ ހޭންގިންގް ގާރޑެންއަކީ މި އަވަށަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭ މަންޒިލެކެވެ. ބޮޑު ޖަންގައްޔެއްގެ މެދުގައި ހަދާފައިވާ މި ހޮޓެލްގެ އެންމެ ހާއްސަކަމަކި ފަރުބަދަ މަތީގައި ހުންނ އިންފިނިޓީ ޕޫލްތަކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ