ތުރުކީ އާއި ސީރިޔާއަށް ބާރުގަދަ ބިންހެލުމެއް އައިސް 600 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ. އެގޮތުން މީޑިއާ ރިޕޯޓްތައް ބުނާގޮތުން ތުރުކީގެ ރަށެއް ކަމުގައިވާ ގައިއެންޓެޕް ކައިރިއަށް އައި މި ބިންހެލުމުގެ އަސަރު އަވަށްޓެރި ސައިޕްރަސްއާއި ލުބުނާނަށް ވެސް ކޮށްފައިވެއެވެ. މި ބިންހެލުމުގެ ބާރުމިން ރެކޯޑް ކުރެވިފައި ވަނީ ރިކްޓަރ މިންގަނޑުން 7.8 ގައެވެ.
މި ބިންހެލުމުގެ ސަބަބުން ތުރުކީއާއި ސީރިޔާގެ ގިނަ ޢިމާރާތްތަކެއް ވެއްޓި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ.
އަދި ސީރިޔާގައި މަރުވެފައިވާ މީހުންގެ ޢަދަދު 386 އަށްވުރެ މައްޗަށް އަރާފައިވާއިރު އިތުރު ހާހަކަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.
ތުރުކީއިން 284 މީހުން މަރުވެފައިވާއިރު 2300 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ އަނިޔާތައް ވަނީ ލިބިފައެވެ.
މި ބިންހެލުމަކީ 1939ގެ ފަހުން ތުރުކީއަށް އައި އެންމެ ބާރުގަދަ ހެލުމެވެ. އެފަހަރުގެ ބިންހެލުމުގައި ތުރުކީން 30،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ.



