- Advertisement -ad image

ތުރުކީ ބިންހެލުން: ވެއްޓުނު ގެއެއްގެ ދަށުގައި އޮތް އަންހެނަކު ވިހެއުމަށްފަހު މަރުވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް

އިއްޔެ ތުރުކީ އަދި ސީރިޔާއަށް ކުރިނަމަތިވި ބިންހެލުމުގައި ގެއެެއްގެ ދަށުވި އަންހެނަކު އެތަނުގައި އޮވެ ވިހެއުމަށްފަހު މަރުވެއްޖެ އެވެ.

ސީރިޔާއަށް ހިޖުރަކޮށްފައިވާ މި އަންހެންމީހާ ނިސްބަތްވަނީ ސީރިޔާގެ ދޭރް-ޒޯރްއަށެވެ. ވިހެއުމަށްފަހު މަންމަ މަރުވި ނަމަވެސް ކުއްޖާ ސަލާމަތް ކުރެވިފައިވާކަމަށް އޮފިޝަލުން ބުނެއެވެ.

ހަބަރުތަކުން ބުނާގޮތުގައި މި އަންހެންމީހާ ވިހާފައިވަނީ ބިންހެލުމުގައި ވެއްޓުނު ގެއެއްގެ ދަށުގައި އޮވެއެވެ. އަދި ވިހެއުމަށްފަހު އަންހެންމީހާ ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

މަރުވި އަންހެންމީހާގެ އާއިލާގެ އެންމެންވެސް މި ބިންހެލުމުގައި މަރުވެފައިވާކަމަަށް އޮފޮޝަލުން ވަނީ ބުނެފަ އެވެ. މި އެންމެން މަރުވެފައިވަނީ އަލެއްޕޯގައި ތިއްބައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ