- Advertisement -ad image

ޕެރޫގެ ބިންގަނޑު ކަނޑައިގެން ގޮސް 8 މީހަކު މަރުވެއްޖެ!

ad image

ގުޅުންހުރި ލިޔުންތައް

ގަދަ ވިއްސާރައިގެ ސަބަބުން ހިނގި ޕެރޫގެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި އަށް މީހަކު މަރުވެއްޖެ އެވެ.

މި ކާރިސާ ހިނގާފައިވަނީ އިއްޔެ އެ ޤައުމުގެ ސެކޯޗާ އަވަށުގެ ފަރުބަދަތައް ހުންނަ ސަރަހައްދުގައި ކަމަށް ޕެރޫގެ ހެލްތް މިނިސްޓްރީން ހާމަކޮށްފައި ވެއެވެ. މި ސަރަހައްދަށް މި ހާރު ހެލިކޮޕްޓަރުގެ އެހީގައި އިންސާނީ އެހީ ދަނީ ފޯރުކޮށްދެމުންނެވެ.

މި ކާރިސާގައި 5 މީހަކު ވަނީ ގެއްލިފަ އެވެ. އަދި 20 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފަ އެވެ.

ސެކޯޗާ ސަރަހައްދަކީ އަބަދުވެސް މިފަދަ ކާރިސާތައް ހިނގާ ސަރަހައްދެކެވެ. އެ ސަރަހައްދުގެ ކޯރުގެ ފެންގަނޑު އުސްކަމުން ވިއްސާރަ މޫސުންތަކުގައި ކޯރު ބަންޑުންވުމުގެ ހާދިސާ ހިނގާކަމަށް އޮފިޝަލުން ބުނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ