- Advertisement -ad image

ބިންހެލުން: މަރުވި މީހުންގެ އަދަދު 8000 އާއި ގާތަށް!

ad image

ގުޅުންހުރި ލިޔުންތައް

ތުރުކީ އާއި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި އަދަދު 7900އަށްވުރެ މައްޗަށް އަރާފައިވާކަމަށް އޮފިޝަލުން ބުނެފި އެވެ.

ހޯމަ ދުވަހު ސީރިޔާ އަދި ތުރުކީއަށްވަނީ ގާތްގާތުގައި ވާރުގަދަ ދެ ބިންހެލުން އައިސްފަ އެވެ. އެއީ 7.8 އަދި 7.6 ގެ ދެ ބިންހެލުމެވެ. މީގެ ސަބަބުން މިހާތަނަށް ތުރުކީއިން 5،400 މީހުން މަރުވެފައިވާއިރު އަވަށްޓެރި ސީރިޔާއިން ވަނީ 1،800 މީހުން މަރުވެފަ އެވއ.

ބިންހެލުމުގެ ސަބަބުން ގިނަ އިމާރާތްތަކެއް ވަނީ ބިމާހަމަވެފަ އެވެ. މި އިމާރާތްތަކުގެ ދަށުގައި ތާށިވެ ބޭރަށް ނުނިކުމެވިފައި އަދިވެސް އެތައް ހާސް ބަޔަކު އެބަތިއްބެވެ. މީގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިން ވެސް ހިމެނެ އެވެ.

މި މީހުން ސަލާމަތްކުރުމަށް އަމިއްލައަށް އެދިގެން 12،000 އަށްވުރެ ގިނަ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. މީގއ އިތުރުން 9000 އަށްވުރެ ގިނަ ސިފައިންވެސް އަންނަނީ މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުްނެވެ.

މި ކާރިސާގައި މަރުވި މީހުންގެ އަދަދު ވިހި ހާހަށް އަރާނެކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފަ އެވެ. މި ބިންހެލުމުގެ ސަބަބުން މިހާތަނަށް 25،000އަށްވުރެ ގިނަ މީހުންނަށް އަނިޔާވެ ގެދޮރުވަނީ ގެއްލިފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ