- Advertisement -ad image

ބިންހެލުން: އިމާރާތްތަކުގެ ދަށުވި މީހުން ސޯޝަލްމީޑިޔާ މެދުވެރިކޮށް އެހީއަށް އެދި އާދޭސްކުރަނީ!

ad image

ގުޅުންހުރި ލިޔުންތައް

ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުނުގެ ސަބަބުން ވެއްޓުނު އިމާރާތްތައް ދަށުވި މީހުން ސަލާމާތްކުރުނުގެ މަސައްކަތް ސިފައިންނާއި ރައްޔިތުން ވެގެން ކެނޑިނޭޅިދަނީ ކަުރަމުުންނެވެ. އެހެންނަމަވެސް މި އިމާރާތްތަކުގެ ދަށުވެފައި އަދިވެސް އެތައް ހާސް މީހުންނެއް އެބަތިއްބެވެ.

މި ހިސާބުތަކުން މުޅިން ވެސް އިވެނީ މީހުންގެ ރުއިމާއި އެހީއަށް އެދި އާދޭސް ކުރާ އަޑެވެ. މީގެއިތުރުން ބައެއް މީހުން ވަނީ ސޯޝަލް މީޑިޔާ މެދުވެެރިކޮށްވެސް އެހީއަށް އެދެން ފަށާފަ އެވެ.

ފިރާތު ޔާލާ – މަޝްހޫރު ޔޫޓިއުބަރ އެންމެ ދަންނަ ނަމުންނަމަ ޝާރ މްކުއެލްވެސް މި މީހުންގެ ތެރޭގައި ހިމެނެ އެވެ. އޭނާ ވަނީ އިންސްޓަގްރާމްގެ ސްޓޯރީގައި އަންގާރަ ދުވަހު އެހީއަށް އެދި ވީޑިޔޯއެއް ޕޯސްޓްކޮށްފަ އެވެ. ޝާރ މްކްއެލް ބުނިގޮތުގައި ބިންހެލުން އައި ވަގުތު އޭނާ ހުރީ އަންތަކްޔާ ޑިސްޓްރިކްޓްގެ ހަޓޭ ޕްރޮވިންސް ގައެވެ.

ޝާރ ގެ މި ވީޑިޔޯއިން ފެންނަ ގޮތުން އޭނާ ހުރީ ވަރަށް އަނދިރި ތަނެއްގަ އެވެ. މުޅި ގައިގަ ހިރަފުސް ހުރިއިރު އެޙިއަށް އެދެމުން ޝާރ ދިޔައީ އޭނާގެ މަންމައަށް ވެސް ގޮވަމުންނެވެ.

ފަހުން ޝާރ ވަނީ އޭނާ ސަލާމަތްވެފައިވާކަމަށް ބުނެފަ އެވެ. އެހެންނަމވެސް އޭނަގެ މަންމަ އަދިވެސް ވީ ކޮންކްރިޓް ތަކުގެ ދަށުގައި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެއިތުރުން 20އ. ގެ ބޯރަން ގުބާތުވެސް ވަނީ ސޯޝަލް މީޑިޔާ މއދުވެރިކޮށް އެހީއަށް އެދިފަ އެވެ. އޭނާ ބުނިގޮތުގައި ފުރަތަމަ ބިންހެލުމުން އޭނާ ސަލާމަތްވުމުން އެ ހިސާބުން ނިމުނީކަމަށް ހީކޮށްގެން ހުއްޓައި ދެވަނަ ބިން ހެލުން އައިސް އެ އިމާރާތް އެއްކޮށް ވެއްޓުނު ކަމަށެވެ.

އޭނާ އިމާރާތުގައި ތާށިވެފައި ހުރީ މާމަ، މަންމަ އަދި ދެ ބޮޑުބޭބެ އާއި އެކުގަ އެވެ.

މީގެއިތުރުންވެސް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާ މެދުވެރިކޮށް އެހީތެރިކަމަށް އެދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ