- Advertisement -ad image

ބިންހެލުން: މަރުވި މީހުންގެ އަދަދު 15،000 އިން މައްޗަށް، އިތުރު މީހުން ސަލާމަތްކުރެވޭނެ ކަމުގެ އުއްމީދު ކުޑަ!

ad image

ގުޅުންހުރި ލިޔުންތައް

ތުރުކީ އަދި ސީރިޔާއަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 15،000އިން މައްޗަށް އަރައިފި އެވެ.

ތުރުކީގެ ދެކުނު ސަރަހައްދާއި އަވަށްޓެރި ސީރިޔާއަށް ޖެހިޖެހިގެން އައި ބާރުގަދަ ދެ ބިންހެލުމުގައި ގިނަ އިމާރަަތްތަކެއް ވަނީ ބިމާ ހަމަވެފަ އެވެ. މި ކާރިސާގައި މިހާތަނަށް ތުރުކީން 12,391 މީހުން މަރުވެފައިވާކަން ޔަގީން ކުރެވިފައިވާއިރު، ސީރިއާގައި 2,992 މަރުވެފައިވާކަން ވަނީ ޔަގީން ކުރެވިފައެވެ.

މި ކާރިސާގައި ބޮޑެތި އިމާރާތްތައް ވެއްޓުމުގެ ސަބަބުން ކޮންކްރީޓްތަކުގެ ދަށުން މީހުން ސަލާމަތް ކުރުމަށް ވަނީ ގޮންޖެހުން ތަކާއި ކުރިމަތިވެފައެވެ. ބިންހެލުން އައިތާ މިއަދަށް ހަތަރު ދުވަސް ވެފައިވާއިރު، އިތުރަށް މީހުން ދިރިތިއްބާ ސަލާމަތްކުރެވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އޮފިޝަލުން ބުނެއެވެ.

އަދި އިމާރާތްތަކުގެ ދަށުވެފައިވާ މީހުންގެ ގާތްތިމާގެ ފަރާތްތަކުން ދަނީ، އެމީހުންގެ އާއިލާގެ މީހުން ސަލާމަތް ކުރެވުމާމެދު ކުރެވެމުންދާ އުއްމީދުތައް ފަނޑުވަމުން ދާކަމަށް ބުނަމުންނެވެ.

ބިންހެލުން އައި ސަރަހައްދަށް އިއްޔެ ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ޒިޔާރަތް ކުރައްވާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ