- Advertisement -ad image

ކުޅަދުންވަންތަކަން ދެކިބަލާށެވެ. މިކުއްޖާ ސަލާމަތްކުރީ ކޮތަޅުތަކުގެ ދަށުގައި އޮންނަތާ 5 ދުވަސް ފަހުން!

ad image

ގުޅުންހުރި ލިޔުންތައް

ކޮތަޅުތަކުގެ ދަށުގައި އޮންނަތާ 128 ގަޑިއިރު ނުވަތަ 5 ދުވަސް ފަހުން ކުޑަކުއްޖަކު ސަލާމަތްކޮށްފިއެވެ.
މިދިޔަ ހޯމަދުވަހު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުންތަކެއްގައި އިމާރާތްތައް ބިމާ ހަމަވެ ގިނަ ބަޔަކު ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައެވެ.

ރެސްކިއު ޓީމުތަކުން ދަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިތިބި ސަލާމަތްކުރުމަށް ހުއްޓާނުލާ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިއްޔެވެސް ވަނީ ވިހޭތާ އެންމެ ދިހަ ދުވަސްވެފައިވާ ތުއްތު ފިރިހެން ކުއްޖަކު ސަލާމަތްކޮށްފައެވެ.
ޔާގިޒް ނަމަކަށް ކިޔާ 10 ދުވަހުގެ ކުޑަކުއްޖާ ނަގާފައިވަނީ ހައްޓައި ޕްރޮވިންސްގެ ދެކުނުގެ ހަލާކުވެފައިވާ ތަނަކުންނެވެ.
ފޫޓޭޖްތަކުން ފެންނަ ގޮތުގައި ކުއްޖާ ފަރުވާތެރިކަމާއެކު ރޭގަނޑު ނެރެގެން ދިޔައީއެވެ. ލޯކަލް މީޑިއާތަކުން ސިފަކުރާ ގޮތުގައި މިއީ އަޖައިބު ކުރުވަނިވި މަންޒަރެކެވެ.
އެ ކާރިސާއަށް ހަފުތާއެއްވާން ކައިރިވެފައިވާއިރު ފިނި މޫސުމުގައި އިތުރަށް މީހުން ސަލާމަތް ކުރުމުގެ އުއްމީދު ކުޑަ ކަމަށް ރެސްކިއު ޓީމުތަކުން ހާމަކުރެއެވެ

މި ބިންހެލުމުގެ ސަބަބުން ތުރުކީ އަދި ސީރިއާއިން ވަނީ 24000 އެއްހާ މީހުން މަރުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ