- Advertisement -ad image

ތުރުކީ ބިންހެލުން: ވޯރލްޑްކަޕްގައި ސަޕޯޓަރުން ނިދި ދިހަހާސް ގެ ގަތަރުން ފޮނުވަނީ!

ad image

ގުޅުންހުރި ލިޔުންތައް


ވޯލްޑް ކަޕްގެ ސަޕޯޓަރުންގެ އެކޮމޮޑޭޝަން ގަތަރުން ތުރުކީ-ސީރިއާ ބިންހެލުން އައި ސަރަހައްދުތަކަށް ފޮނުވައިފި އެވެ.

ގަތަރުން މިދިޔަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ބޭނުންކުރި ޕޯޓަކެބިންތަކާއި މޮބައިލް ހޯމްތައް ތުރުކީ އާއި ސީރިއާގެ ބިންހެލުން އައި ސަރަހައްދުތަކަށް ހަދިޔާކޮށްފައިވާއިރު އެތަންތަނުގައި ގެދޮރު ނެތި ހާލުގައި ޖެހިފައިވާ އެތައް ބަޔަކު އެބަތިއްބެވެ.


އެގޮތުން ފުރަތަމަ 350 ޔުނިޓް އުފުލާ ބޯޓެއް އާދީއްތަ ދުވަހު ގަތަރުން ތުރުކީއަށް ފުރައިގެން ދިޔަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ގަތަރުގެ ފަންޑް ފޯ ޑިވެލޮޕްމަންޓުން އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ގަލްފް އަރަބި ދައުލަތުން ބިންހެލުން އައި ސަރަހައްދުތަކަށް 10،000 މޮބައިލް ހައުސިން ޔުނިޓް ފޮނުވަން ވައުދުވެފައިވާ ކަމަށެވެ.

މިދިޔަ ހޯމަ ދުވަހު އައި 7.8 މެގްނިޓިއުޑްގެ ބިންހެލުމާއި އޭގެ ފަހުން އައި ބިންހެލުންތަކުގެ ސަބަބުން ތުރުކީ އާއި ސީރިއާގައި މަރުވި މީހުންގެ އަދަދު ޖުމްލަ 36،000 އާ ގާތްވެފައިވާއިރު، މިއަދަދު އިތުރުވާނެ ކަމަށް އަދިވެސް ބެލެވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ