- Advertisement -ad image

ފަލަސްތީނުގެ 14 އަހަރުގެ ކުއްޖެއް ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިސްރޭލުން ސިފައިން ފަލަސްތީނަށް އަރައި ހިންގި ލާއިންސާނީ އުދުވާންތަކެއްގައި ފަލަސްޠީނުގެ 14 އަހަރުގެ ފިރިހެން ކުއްޖަކު ޝަހީދުކޮށްލައިފިއެވެ.

އިޒްރޭލު ސިފައިންގެ ހަމަލާތަކުގައި ޝަހީދުވެފައި ވަނީ ޤަޞައްޔު ރަޟްވާން ވާކިދު އެވެ. އޭނާ ޝަހީދުކޮށްލާފައި ވަނީ ހަށިގަނޑަށް ބަޑިޖަހައިގެންނެވެ.

އިޒްރޭލުން ވަނީ ފަލަސްޠީނުގެ މުޖާހިދެއް ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ބުނެފަ އެވެ. އަދި، މުޖާހިދުންނާ ދެމެދު ހަމަލާ ބަދަލުކޮށްފައިވާ ކަމުގައި ވެސް ބުންޏެވެ.

ވާކިދު ޝަހީދުކޮށްލުމުގެ އިރުކޮޅެއް ކުރިން އިޒްރޭލް ސިފައިން ވަނީ ހުޅަނގު އައްސޭރީގެ ނާބުލުސްއަށް އަރައި ފަލަސްޠީނުގެ ޒުވާނެއް ޝަހީދުކޮށްލާފައެވެ. އިޒްރޭލް ސިފައިންގެ ޝިކާރައަކަށްވެ ޝަހީދުވެފައި ވަނީ އުމުރުން 21 އަހަރުގެ އާމިރު އިޙާބް ބުސްތާމީ ކަމުގައި ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ