ތުރުކީ އާއި ސީރިއާއަށް ބިންހެލުން އައިތާ ހަފުތާއެއްވެގެން ދިޔައީއެވެ. މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ ރެސްކިއު ޓީމުތަކުން ދަނީ ކޮންމެ ދުވަހަކުވެސް އިމާރާތްތަކުގެ ދަށުން އެތައް ބަޔަކު ސަލާމަތް ކުރަމުންނެވެ.
މިފަދަ ކޮންމެ ސަލާމަތް ކުރުމަކުން ކޮންމެ ދުވަހަކު ހިތަށް އަސަރުކުރުވާ އެތައް ވާހަކައެއް އަޑުއިވިގެންދެއެވެ.
އެގޮތުން އާދިއްތަ ދުވަހު އިމާރާތެއްގެ ދަށުގައި އޮތް މެދުއުމުރުގެ އަންހެނަކު ރެސްކިއު ޓީމުތަކުން ސަލާމަތް ކުރިއެވެ. އެކަމަކު އެނގޭ ހެއްޔެވެ.
ރެސްކިއު ޓީމުގެ މެންބަރުން އިމާރާތުގެ ދަށުން ނިކުންނަށް އެހީގެ އަތް ދިއްކޮށްލުމުން އެ އަންހެންމީހާ ބުނީ ކީކޭ ކަން އެނގޭ ހެއްޔެވެ.
“ އަހަރެންނަށް ނިކުމެވޭނީ ބޯ ފޮރުވާލެވޭނެ ކޮންމެސް އެއްޗެއް ދިނުމުން. މިވަގުތު އަހަރެންގެ ބޮލަކު ބުރުގާއެއް ނެތް” އެ އަންހެން މީހާ ބުންޏެވެ.
އެވަގުތު އެތަނުގައި ތިބި ރެސްކިއުޓީމުގެ ފިރިހެނަކު ކޮންމެސް ގޮތަކުން ސްކާރފެއް ދިނުމުން އެއަންހެންމީހާ ބޭރަށް ނިކުތީ އެ ފޮތިކޮޅުން ބޯ ނިވާކޮށްލައިގެންނެވެ.
މިއީ ވިސްނާ ފިކުރު ހިންގި ބަޔަކަށް އިބުރަތެއް ނޫންތޯއެވެ. އެ އަންހެންމީހާ އެއޮތް ދަތިހާލުގައި އޮވެވެސް ހިލޭ ފިރިހެނުން ތެރެއަށް ނިކުންނަަން އުޒުރުވެރިވީ އޭނާގެ ބޯ ނިވާކޮށްފައި ނެތުމުންނެވެ.



