- Advertisement -ad image

ބިންހެލުމަށް 8 ދުވަސް: ކޮންކްރީޓް ގާތަކުގެ ދަށުން މިއަދުވެސް ހަ މީހުން ސަލާމަތްކުރި

ad image

ގުޅުންހުރި ލިޔުންތައް


ތުރުކީއަށް އައި ބާރުގަދަ ބިންހެލުމަށް އަށް ދުވަސް ފަހުން މިއަދުވެސް ކޮތަޅުތަކުގެ ތެރެއިން ހަ މީހަކު ސަލާމަތްކޮށްފިއެވެ.
މި މީހުން ސަލާމަތްވީވެސް މިހާރު ސަލާމަތްކުރެވުނު މީހުނަށް ބޯހިޔާވަހިކަމާއި، ކާނާ ނުވަތަ އެހެން ތަނަކުން އެހީއެއް ހޯދުމަށްރެސްކިއުޓީމުތަކުގެ ފޯކަސް ބަދަލުވެފައި ވަނިކޮށެވެ.

ތުރުކީއާއި އަވަށްޓެރި ސީރިއާގައި މަރުވި މީހުންގެ އަދަދު މިހާރު 37،000 އަށް ވުރެ މައްޗަށް ގޮސްފައިވާ މި ކާރިސާގެ ސަބަބުން ދެ ގައުމުގެ ސިޓީތަކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. ބިންހެލުމަށްފަހު ސަލާމަތްވި މީހުން ގަދަ ފިނީގައި ގެދޮރު ނެތި، ގިނަ ބަޔަކު ދަނީ ކޮތަޅުތަކުގެ މަތީގައިވެސް ނިދަމުންނެވެ.

އަންގާރަ ދުވަހު ސަލާމަތްކުރި ހަ މީހުންގެ ތެރޭގައި ކަހުރަމަންމަރާސް ޕްރޮވިންސްގެ އެޕާޓްމަންޓް ބްލޮކަކުން ދަމައިގަތް އުމުރުން 17 އަހަރާއި 21 އަހަރުގެ ދެބެންނާއި ތުރުކީގެ ދެކުނުގެ ސިޓީއެއް ކަމަށްވާ ހަޓޭގެ އިމާރާތެއްގެ ކޮތަޅުތަކުން ސަލާމަތްކުރި އަންހެނަކު ހިމެނެ އެވެ.
ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މީހުން ސަލާމަތް ކުރުމުގެ މަރުހަލާ ނިމުމަކަށް ގޮސްފައިވާ ކަމަށެވެ.
އަދި ސަލާމަތްވި މީހުން ބުނަމުން ދަނީ އުނދަގޫތަކެއް ކުރިމަތިވަމުންދާތީ ބޯހިޔާވަހިކަމާއި ކާނާއާއި ސްކޫލް ތައުލީމަށް ސަމާލުކަން ދީފައިވާ ކަމަށެވެ.

މީގެ އިތުރުން ސަލާމަތްވި މީހުން ބުނަމުންދަނީ ބިންހެލުމުގެ އަސަރު ކުރި ސަރަހައްދުތަކުން ގިނަ ބަޔަކު ނިކުމެ އުޅުނު ކަމަށާއި ހަލާކުވި އެމީހުންގެ ގެތައް ދުވަހަކުވެސް އަނބުރާ ލިބިދާނެ ކަމަކަށް އުއްމީދެއް ނެތް ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ