- Advertisement -ad image

ބިންހެލުން: ސީރިޔާއަށް އެހީ ގެންދިއުމަށް އިތުރު ދެ ބޯޑަރު ހުރަސް ހުޅުވައިފި

ad image

ގުޅުންހުރި ލިޔުންތައް


މިދިޔަ ހޯމަ ދުވަހުގެ ބިންހެލުންތަކާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ބާރުގެ ދަށުގައިވާ ސީރިޔާގެ ހުޅަނގު އުތުރުގެ ސަރަހައްދުތަކަށް އެހީ ފޯރުކޮށްދިނުމަށް އިތުރު ދެ ބޯޑަރު ހުރަސް ބޭނުންކުރުމުގެ ހުއްދަ ސަރުކާރުން ޔޫއެންއަށް ދީފިއެވެ.
“މިކަމުގެ ސަބަބުން ވަރަށް ބޮޑު ތަފާތެއް އަންނާނެ. މިހާރު އަޅުގަނޑުމެން މި ބޭނުންކުރަނީ އެންމެ ކްރޮސިންގް،” އދ.ގެ ތަރުޖަމާނަކު ބީބީސީއަށް ވިދާޅުވި އެވެ.

އެކަމަކު ވައިޓް ހެލްމެޓްސް ރެސްކިއު ގްރޫޕުން ވަނީ ރައީސް ބައްޝާރުލް އަސަދުގެ ހުއްދައަށް އިންތިޒާރު ކުރަމުންދާތީ އދ އަށް ފާޑުކިޔާފައެވެ.

ހަނގުރާމައިގެ ސަބަބުން ސީރިޔާއަށް ކަންތައްތަކުގެ ތެރެއިން އެހީ ލިބުންމަދުވެފައިވާތީ ސީރިއާގެ ގިނަ ރައްޔިތުން ތިބީ ކަންބޮޑުވެފައެވެ.
މީގެ އަށް ދުވަސް ކުރިން އަވަށްޓެރި ދެކުނު ތުރުކީއަށް އައި ބިންހެލުމާ ގުޅިގެން ރަޝިޔާ، އީރާން އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް ހިމެނޭ ގޮތަށް އަސަދާ އެކު އެކުވެރި ގުޅުންތަކެއް އޮންނަ ގައުމުތަކުން ސީރިއާގެ ސަރުކާރުން ކޮންޓްރޯލްކުރާ ސަރަހައްދުތަކަށް ވަނީ ސާމާނު ފޮނުވަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ