- Advertisement -ad image

ބިންހެލުން: ٱلْحَمْدُ لِلَّٰهِ، 9 ދުވަސްފަހުން އިމާރާތްތަކުގެ ދަށުން އަންހެނަކު ސަލާމަތް ކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ތުރުކީއަށް ކުރިމަތިވި ބާރުގަދަ ބިންހެލުން ހިނގިތާ 9 ދުވަސްފަހުން އިމާރާތްތަކުގެ ދަށުން އަންހެނަކު ދިރިހުއްޓައި ސަލާމަތްކޮށްފި އެވެ.

އޮފިޝަލުން ބުނާގޮތުގައި ތުރުކީގެ ބިމާހަމަވެފައިވާ އިމާރާތްތަކުގެ ދަށުން ސަލާމަތްކޮށްފައިވަނީ 42އ. ގެ މެލިކޭ އިމަމޮގްލޫ ނަމަކަށް ކިޔާ އަންހެނެކެވެ. އޭނާ ސަލާމަތްކޮށްފައިވަނީ ތުރުކީގެ އުތުރުގައި އޮންނަ ކަހްރަމަން މަރާސް ގައި ވެއްޓިފައި އިމާރާތެއްގެ ދަށުންނެވެ.

ތުރުކީ އަދި ސީރިޔާއަށް ޖެހިޖެހިގެން ކުރިމަތިވި ބާރުގަދަ ދެ ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ވަނީ 40،000އިން މައްޗަށް އަރާފަ އެވެ. މިއީ މި ޤަރުނުގައިވެސް ދިމާވި އެންމެ ޤުދުރަތީ ކާރިސާ އެވެ.

މި ބިންހެލުމަށް 222 ގަޑިއިރުވެފައިވާއިރު މިބާރު ގިނައިން ފެންނަނީ މަރުވެފައި ތިބި ހަށިތައް ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. އެހެންނަމަވެސް އިތުރު ފުރާނަތަކެއް ސަލާމަތްކުރެވޭތޯ އޮފިޝަލުން ދަނީ ރެޔާ ދުވާލު ހުއްޓާނުލައި މަސައްކަތް ކުރަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ