- Advertisement -ad image

ކަނޑުގެ ލޮނުގަނޑު އުފުލުން: ބައެއް ޤައުމުތަކަށް މިއީ މަރުގެ އިންޒާރެއް!

ad image

ގުޅުންހުރި ލިޔުންތައް

ކަނޑުގެ ލޮނުގަނޑު މިހާރު އުފުލެމުންދާ އަވަސް މިނާއިމެދު ޔުނައިޓެޑް ނޭޝަންސްގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުއެޓްރެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ގުޅޭގޮތުން ކުރެއްވި ބަހުސްގައި ވާހަކަފުޅުދައްކަވަމުން ގުއެޓްރެސް ވަނީ ކަނޑުގެ ލޮނުގަނޑު މިހާރު އުފުލެމުންދާ މިންވަރަށް ބަލާއިރު މިއީ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް މަރުގެ އިންޒާރެއް ކަމަށް ވިދާޅުވެފަ އެވެ.

1900 އިން ފެށިގެން ކަނޑުގެ ލޮނުގަނޑު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. އަދި ވަރަށް ހަލުވިމިނުގައި މިހާރުވެސް ލޮނުގަނޑު އުފުލެމުންދާ ކަމަށް ދާދިފަހުން ހެދި ދިރާސާތަކުން ވަނީ ހާމަވެފަ އެވެ.

ގުއެޓްރެސްވަނީ މި ޤުދުރަތީ ބަދަލުގެ ސަބަބުން ބިންގަނޑު ތިރި ޤައުމުތައް ކަމަށްވާ ބަންގްލަދޭޝް، ޗައިނާ، ނެދަރލޭންޑްސް އަށް ނުރައްކާ ވަރަށް ބޮޑަށް އެބައޮތް ކަމަަށް ވިދާޅުވެފަ އެވެ. އަދި މުމްބާއީ، ބެންކޮކް، ޖަކާޓާ އަދި ލަންޑަން ފަދަ ޤައުމުތަކަަށް ވެސް މީގެ ނުރައްކާ އޮތްކަމަށް ވަނީ ބުނެފަ އެވެ.

މޫދާއި ކައިރި ސަރަހައްދުތަކުގައި މިހާރުވެސް 900 މިލިޔަނަށްވުރެ ގިނަ މީހުން ދިރިއުޅެއެވެ. އަދި މިއީ ދުނިޔޭގެ އާބާދީގެ ދިހަބައިކުޅި އެއްބައި ކަމަަސް ގުއެޓްރެސް ވަނީ ވިދާޅުވެފަ އެވެ.

ދުނިޔެ ހޫނުވަމުން ދިއުމާއި ގުޅިގެން ދުނިޔޭގެ ދެތަނޑިން އަހަރެއްގެ މައްޗަށް 150 ބިލިޔަން ޓަނުގެ ގަނޑުފެން ވިރެމުންދާކަމަށް ސައިންޓިސްޓުން ދާދިފަހުން ވަނީ ބުނެފަ އެވެ. އަދި ގްރީންލޭންޑްގެ ގަނޑުފެންތައް އެއަށްވުރެ ވެސް ބާރުމިނުގައި ވިރެމުންދާކަމަށް ސައިންޓިސްޓުން ވަނީ ބުނެފަ އެވެ. އެ ޤައުމުން އަހަރެއްގެ މައްޗަށް 270 ބިލިޔަން ޓަނުގެ ގަަނޑުފެން ވިރެއެވެ.

ގުއެޓްރެސް ވަނީ ފާއިތުވި 11،000 އަހަރުގައި ވެސް ދުނިޔެ ހޫނު ނުވާ މިންވަރަށް ފާއިތުވި ސަތޭކަ އަހަރުތެރޭގައި ހޫނުވެފައިވާ ކަމަށް ބުނެފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ