- Advertisement -ad image

ސީރިޔާގެ ބިންހެލުން އައި ސަރަހައްދުގައި އެއްމާބަނޑު ހަތަރު ކުދިން ވިހައިފި

ad image

ގުޅުންހުރި ލިޔުންތައް

ދަދިފަހުން ބާރުގަދަ ބިންހެލުމެއް އައި ސީރިޔާގެ މަންމައަކު އެއްމާބަނޑު ހަތަރު ކުދިން ވިހައިފި އެވެ.

ޔޫއެންއެފްޕީއޭ އިން ބުނިގޮތުގައި މި ހަތަރުކުދިން ވިހާފައިވަނީ ބިންހެލުން އައި ސަރަހައްދުގަ އެވެ. އަދި ކުދިން ވިހާފައިވަނީ ޔޫއެންއެފްޕީއޭގެ ޑޮކްޓަރެއްގެ އެހީތެރިކަމާއެކު ސީރިޔާ ރިލީފް އެންޑް ޑިވެލޮޕްމަންޓުން ހިންގާ ފެސިލިޓީއެއްގަ އެވެ.

މި ހަތަރު ކުދިންނާއި މަންމަގެ ހާލުވެސް ރަނގަޅުކަމަށް ޔޫއެންއެފްޕީއޭއިން މައުލޫމާތު ދެއެވެ. އަދި މިހާރު ކުދިންނާއި މަންމަ އޮތީ އޮބްސަވޭޝަންގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.

ތުރުކީ އަދި ސީރިޔާއަށް މި މަހު 6 ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި ވަނީ 41،000އަަށްވުރެ ގިނަ މީހުން މަރުވެފަ އެވެ. މި ބިންހެލުމުގެ ސަބަބުން މި ދެ ޤައުމުގެ ބައެއް ހިސާބުތައް ވަނީ އެއްކޮށް ސުންނާފަތި ވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ