- Advertisement -ad image

ބިންހެލުން: ކޮންކްރީޓް ގާތަކުގެ ދަށުން ނެގި ޔަމަނުގެ އަންހެނަކު ވިހެއީ ލޯބިލޯބި އަންހެން ކުއްޖެއް!

ad image

ގުޅުންހުރި ލިޔުންތައް


ފާތިން އަލް ޔޫސުފީ މިދިޔަ ހޯމަ ދުވަހު ގޭގައި ހުރީ ކޮންމެ ވަގުތެއްގައިވެސް ވިހަން ހޮސްޕިޓަލަށް ދާން ޖެހިދާނެ ކަމަށް ތައްޔާރުވެ މެޓަރނިޓީ ބޭގް ވެސް ރެޑީކޮށްގެންނެވެ.
ނަމަވެސް ބަނޑަށް 39 ހަފުތާވެ ވިހަން ގާތްވެފައި އިންދާ އޭނާ ކުރަން ޖެހުނީ ބިރުވެރި ހިތްދަތި ތަޖުރިބާއެކެވެ. މިމަހުގެ ހައެއްވީ ހޯމަ ދުވަހު ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން ފާތިން ދިރިއުޅޭ މާލެޓިޔާގެ ފްލެޓްވެސް ބިމާހަމަވީއެވެ.
އަދި ކޮންކްރީޓްތަކުގެ ދަށުގައި ތާށިވެފައި އޮތުމުން ސަލާމަތްވާނެ ކަމުގެ އުއްމީދު މުޅިން ގެއްލުނީއެވެ.
ނަމަވެސް ބުރާސްފަތި ދުވަހު ރެސްކިއުޓީމަކުން ވަނީ ގާތަކުގެ ދަށުން ފާތިން ސަލާމަތް ކޮށްފައެވެ. ފާތިން ސަލާމަތްވީ ކޮޅަށް ހުންނަތާ ދިހަގަޑިއިރު ފަހުންނެވެ. އޭރު އޭނާ ވަނީ ޑީހައިޑްރޭޓްވެފައެވެ.

“ ގަބޫލެއް ނުކުރަން އަހަރެން އަދިވެސް ދިރިހުރި ކަމަށް،” ބުރާސްފަތި ދުވަހު ވޮޓްސްއެޕް މެދުވެރިކޮށް ބީބީސީއަށް ދިން އިންޓަވިއުއެއްގައި ފާތިން ބުންޏެވެ.
ޔަމަނުގައި ކުރާ ހަނގުރާމައިން ސަލާމަތްވުމަށް ތުރުކީ އަށް އައިސް އުޅޭ ފާތިން ވިހާފައިވަނީ ކޮންކްރީޓްތަކުގެ ދަށުން ނެގިތާ 10 ގަޑިއިރު ފަހުންނެވެ.

ނަމަވެސް ފާތިން ވިހޭފަހުން އޭނާގެ ފިރިމީހާ އުމުރުން 29 އަހަރުގެ ބުރުހާން އަލް އާލިމީގެ މަރުވެފައިވާ ހަށިގަނޑު އިމާރާތެއްގެ ދަށުން ވަނީ ނަގާފައެވެ. ބުރުހާން ދިޔައީ މާލެޓިޔާގެ އިނޮނޫ ޔުނިވަރސިޓީގައި ކެމިކަލް އިންޖިނިއަރިން ކިޔަވަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ