އިލްނޮއިސްގެ 34އ. ގެ މަންމައަކު ފަސް އަހަރުގެ ދަރިފުޅާއެކު ނައެގްރާ ފޯލްސްއަށް ފުންމާލައިފި އެވެ.
ޗުއްޓިއަށް އާއިލާ އާއެކު ގޮސްހުރި މި އަންހެންމީހާގެ 5 އ. ގެ ދަރިފުޅު ގޮވައިގެން 90 ފޫޓު މަތިން ނައެގްރާ ފޯލްސްއަށް ފުންމާލީ ފިރިމީހާ އާއި ކުރި ޒުވާބަކަށް ފަހުގަ އެވެ.
މި ހާދިސާގައި މަންމަ ސަލާމަތް ނުވިނަމަވެސް ކުއްޖާ ސަލާމަތް ކުރެވިފައިވާކަމަށް އިލްނޮއިސްގެ ފުލުހުން ބުނެއެވެ. އެހެންނަމަވެސް އަިނިޔާގެ ސަބަބުން ކުއްޖާއަށް ދަނަި އައިސީޔޫގައި ފަރުވާދެމުންނެވެ.
ދުނިޔޭގެ ހަތް އަޖައިބުތެރޭގައި ހިމެނޭ ނައެގްރާ ފޯލްސްއަކީ އެންމެ ގިނައިން މީހުން މަރުވާ އެއް މަންޒިލެވެ.



