- Advertisement -ad image

ނަމާދު ކުރަން ތިބި ފަލަސްތީނު މުސްލިމުންތަކަކަށް އިސްރާއީލު ސިފައިން ހަމަލާދީފި

ad image

ގުޅުންހުރި ލިޔުންތައް


ފަލަސްތީނުގެ އަލް އަގުސާ މިސްކިތުގައި ނަމާދު ކުރަން ތިބި ބަޔަކަށް އިސްރާއީލު ސިފައިން އަނިޔާކޮށް ހައްޔަރުކޮށްފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން ފަތިސް ނަމާދުގެ ވަގުތުގައި އިސްރާއީލު ސިފައިން ހިފާފައިވާ އިރުމަތީ ގުދުސްގައި ހުންނަ އަލް އަގްސާ މިސްކިތުގެ ގޯތިތެރޭގައި ނަމާދުކުރަންތިބި ފަލަސްތީނުގެ މީހުންނަށް ހަމަލާދީ ހައްޔަރުކޮށްފައިވެއެވެ.
ފަލަސްތީނުގެ 400 މީހަކު ބުދަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އެމީހުން އަދިވެސް ތިބީ އިސްރާއީލުގެ ބެލުމުގެ ދަށުގައި ކަމަށް ލޯކަލް އޮފިޝަލުން ބުނެއެވެ. އެމީހުން ބަންދުކޮށްފައި ވަނީ ހިފާފައިވާ އިރުމަތީ ގުދުސްގައި އޮންނަ އަޓަރޮޓްގެ ޕޮލިސް ސްޓޭޝަނެއްގަ އެވެ.

ފަލަސްތީނުގެ މަންޒަރު ދުށް މީހުން ބުނީ އިސްރާއީލުގެ ސިފައިން ސްޓަން ގްރެނޭޑާއި ކަރުނަގޭސް ހިމެނޭ ގޮތަށް ބާރުގެ ބޭނުންކުރުމުން، ނަމާދު ކުރަންތިބި މީހުން ނޭވާހިއްލާފައިވެއެވެ. އަދި ދަނޑިއާއި ރައިފަލުން އެމީހުން ގައިގަ ތަޅާ އަނިޔާކޮށްފައިވެއެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ