- Advertisement -ad image

ހޮރެއް ހަދައިގެން ވަދެ އެމެރިކާގައި ހުންނަ އެޕަލް ސްޓޯރުން 436 އައިފޯނު ވަގަށް ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް


އެމެރިކާގެ އެޕަލް ސްޓޯރަށް ޓަނަލްއެއް ހަދައިގެން ވަން ވަގުންތަކެއް ފަސްލައްކަ ޑޮލަރުގެ އަގުހުރި 436 އައިފޯން ވަގަށް ނަގައިފި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން ސަވައިލެންސް ފޫޓޭޖުން ފެންނަ ގޮތުގައި ވަގުން ސީއެޓްއެލް ކޮފީ ގިއާގެ ފާހާނާއިން ހޮރެއް ހަދައިގެން އެޕަލް ސްޓޯރަށް ވަދެ ފޯނުތައް ހިފައިގެން ނުކުމެފައިވަނީ 15 މިނެޓަށް ވުރެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގަ އެވެ.
އެޕަލް ސްޓޯރެއްގެ ވަރުގަދަ ސެކިއުރިޓީ ދޮރުތައް ފަހަނައަޅައި ވަނުމުގެ ކުޅަދާނަކަން ދުނިޔޭގައި އުޅޭ އެންމެ ކުޅަދާނަ ވަގުންނަށްވެސް ވެފައި ނެތް ކަމަކީ މި ހަބަރުން އެތައް ބަޔަކަށް ޝޮކެއް ލިބުނު ކަމެކެވެ.

ކޮފީ އެޕްލަޔަންސް ސްޓޯގެ ސީއީއޯ ވަނީ ވަގުން ވަންނަން ހަލާކުކޮށްލި ފާހާނާގެ ތަސްވީރެއް ޓުވިޓަރގައި އާއްމުކޮށްފައެވެ.
ސީއެޓްއެލް ކޮފީ ގިއާގެ ތަޅު ބަދަލުކުރުމަށް ގާތްގަނޑަކަށް 900 ޑޮލަރު ޚަރަދުވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ފާޚާނާ މަރާމާތު ކުރުމަށް 600 ޑޮލަރާއި 800 ޑޮލަރާ ދެމެދުގެ އަގެއް ދާނެ ކަމަށް އެ ފިހާރައިން ލަފާކުރެ އެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ