- Advertisement -ad image

ނަޖިސްދޫކުރާ ހޮޅިއަކުން ނިކުންނަން ފެށީ ރުފިޔާ ބޮނޑިތަކެއް! ގިނަ ބަޔަކު ފެންގަނޑަށް ފުންމާލީ ރުފިޔާ ހޮވަން

ad image

ގުޅުންހުރި ލިޔުންތައް


ނަރުދަމާ ހޮޅި އަޅާފައިވާ ފެންގަނޑަކުން ރުފިޔާ ބޮޑިތަކެއް ނިކުންނާތީ ގިނަ ބަޔަކު އެ ހޮވާ މަންޒަރު ފެންނަ ވީޑިއޯއެއް އާއްމުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު އިންޑިއާގެ ބިހާރުގެ މޮރަދާބާދު ސަރަހައްދު ކައިރިންނެވެ.
ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ގާތްގަނޑަކަށް 20 މީހުން ނަރުދަމާގެ ތެރޭގައި ތިބެ، ނޫޓު ބަންޑަލްތައް އެއްކުރަމުންދާ މަންޒަރެވެ. ދުވަސްވީ މީހަކު ވެސް ފައިސާގެ ނޫޓުގެ ދެ ބަންޑަލް ހިފައިގެން ނެރުމަތިން ނުކުންނަ މަންޒަރު ފެނެ އެވެ. ލައިވް ހިންދުސްތާނުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން ފެނުގައި އޮޔާދާ ނޫޓުތަކަކީ 100، 200، އަދި 500 ގެ ނޫޓުތަކެކެވެ.

މިބފެންގަނޑު ތެރޭގައި ރުފިޔާ ހުރި ކަމަށް ރިޕޯޓު ލިބުމުން ފުލުހުން ދިޔައިރު އެތަނުން އެއްވެސް އެޗެއް ފެނިފައެއް ނުވެއެވެ. ނަމަވެސް އެ މައްސަލައިގެ ތަހުގީގެއް ފަށާފައިވީ ނަމަވެސް އެ ނޫޓުތައް އައީ ކޮންތާކުން ކަމެއް އަދި އެއްކޮށްފައިވާ ފައިސާގެ ސީދާ އަދަދަކީ ކޮބައިކަން އަދި ސާފެއް ނުވެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ