- Advertisement -ad image

ހައްޖު 2023: އުމްރާ ކުރެވޭނެ އެންމެ ފަހު ދުވަހަކީ ޖޫން 18

ad image

ގުޅުންހުރި ލިޔުންތައް


މިއަހަރުގެ ހައްޖު މޫސުމުގެ ކުރިން އުމްރާ ކުރެވޭނެ އެންމެ ފަހު ދުވަހަކީ ޖޫން 18 ވަނަ ދުވަސް ކަމަށް ސައުދީ އަރަބިއްޔާ އިން ކަނޑައަޅައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ ހައްޖުގެ އަޅުކަމަށް ސައުދީއަށްދާ ހައްޖުވެރިންނަށް އިންތިޒާމުތައް ފަސޭހަ ކުރުމުގެ ގޮތުންނެވެ.
ސައުދީ ހައްޖު އެންޑް އުމްރާ މިނިސްޓްރީން ބުނީ އުމްރާ ކުރުމަށް ނަގާ ވިސާގައި ހައްޖުގެ އަޅުކަން އަދާ ނުކުރެވޭނެ ކަމަށެވެ.
އަދި އުމްރާ ކުރުމުގެ ހުއްދަ ދޫކުރާނެ އެންމެ ފަހު ތާރީހަކީ 15 ޒުލްގައިދާ ނުވަތަ 4 ޖޫން ވަނަ ދުވަސް ކަމަށް ނިންމާފައެވެ.
މިއަހަރު އެންމެ ފުރަތަމަ ސައުދީއަށް ހައްޖުވެރިން ދާނީ ބަންގްލަދޭޝް، މެލޭޝިޔާ، އިންޑިއާ އަދި އަފްގާނިސްތާނުންނެވެ.
ނިމިގެންދިޔަ މުހައްރަމު މަހު އެކަނިވެސް 6 މިލިޔަން މީހުން އުމްރާގެ އަޅުކަން އަދާކުރިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ