- Advertisement -ad image

މަސްނުވީ ދެފަޔާއެކު މައުންޓް އެވަރެސްޓްގެ އެންމެ އުހަށް އަރައިފި!

ad image

ގުޅުންހުރި ލިޔުންތައް


މަސްނުވީ ދެފައި ޖަހާފައިވާ ނޭޕާލުގެ ކުރީގެ ސިފައިންގެ މީހަކު މައުންޓް އެވަރެސްޓްގެ އެންމެ އުހަށް އަރައިފިއެވެ.
މިއީ ތާރީހުގައިވެސް ޖަހާފައިވާ ދެފައިގެ އެހީގައި އުޅެމުން އަންނަ މީހަކު މައުންޓް އެވަރެސްޓަށް އެރި ފުރަތަމަ ފަހަރެވެ.
ނޭޕާލުގެ ޑަބަލް އެމްޕުޓީ ކުރީގެ ސިފައިންގެ މީހެއް ކަމަށްވާ ހަރީ ބުދަމަގަރް ވަނީ އޭނާގެ ކެޓަގަރީގައި އާޓިފިޝަލް ދެފައިގާ މައުންޓް އެވަރެސްޓް މައްޗަށް އެރި ފުރަތަމަ މީހާގެ ގޮތުގައި ތާރީޚުގައި އޭނާގެ ނަން ލިޔެފައެވެ.

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައްޗަށް އަރަން ބުދަމަގަރުން ކުރި ދަތުރަކީ ހުރަސްތައް ގިނަ ދަތުރެކެވެ.
2010 ވަނަ އަހަރު އަފްޣާނިސްތާނުގައި އިނގިރޭސި ގުރްޚާގެ ސިފައިންގެ މީހެއްގެ ގޮތުގައި މަސައްކަތް ކުރަމުން ދަނިކޮށް ދެ ފައި ގެއްލިފައިވާ ބުދަމަގަރަށް އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވީ ފައި ނެތުމުގެ ސަބަބުންނެވެ.

2017 ވަނަ އަހަރު ނޭޕާލް ސަރުކާރުން ވަނީ ފަރުބަދައަށް އެރުމުގެ ގަވާއިދެއް ތައާރަފްކޮށް، ލޯފަން، ޑަބަލް އެމްޕުޓީ، އަދި ސޯލޯ ކްލައިމްބަރުންނަށް އެވަރެސްޓް ހިމެނޭ ގޮތަށް ފަރުބަދަތަކަށް އެރުން މަނާކޮށްފަ އެވެ.
ނަތީޖާއެއްގެ ގޮތުން 2018 ވަނަ އަހަރު އެވަރެސްޓް ސްކޭލް ކުރުމަށް އޭނާ ރާވާފައިވާ ބޮޑު ޕްލޭން ފަސްކުރަން ޖެހުނެވެ.
ނަމަވެސް މިކަމާ ދެކޮޅަށް ކޯޓަށް ހުށެހެޅި މައްސަލަ ކާމިޔާބުކޮށް ބުދަމަގަރުން މިއަދު މިވަނީ އޭނާގެ އެ ހުވަފެން ހަގީގަތަކަށް ހަދައި ތާރީހުގެ ތެރެއަށް ވަދެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ