- Advertisement -ad image

‘ދުނިޔޭގެ އެންމެ ލަސް ދަރިވަރު” 54 އަހަރު ފަހުން ގްރެޖުއޭޓް ވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ޔުނިވަރސިޓީ ޑިގްރީ ފެށިތާ 50 އަހަރަށްވުރެ ގިނަ ދުވަސްފަހުން އާތުރް ރޮސް ބުރާސްފަތި ދުވަހު ޔުނިވާސިޓީ އޮފް ބްރިޓިޝް ކޮލަމްބިއާ (ޔޫބީސީ) އިން ބެޗްލަރ އޮފް އާޓްސް ޑިގްރީ ފުރިހަމަކޮށްފިއެވެ.
އުމުރުން 71 އަހަރުގެ ރޮސްއަކީ ގުރެޖުއޭޓުވާން 54 އަހަރު ހޭދަކުރުމަށްފަހު މިހާތަނަށް ޔުނިވާސިޓީ ޑިގްރީއެއް ފުރިހަމަކުރި ފުރަތަމަ މީހާއެވެ.
ޔޫބީސީ އަށް މިސްޓަރ ރޮސް އެންރޯލްކުރީ 1969 ވަނަ އަހަރުއެވެ.
ބީބީސީއަށް ދިން ެިންޓަރވިއުއެއްގައި މިސްޓަރ ރޮސް ބުނީ އޭނާ ކިޔަވަން ބޭނުންވީ ހަމައެކަނި ޝައުގުވެރިކަން ހުރުމުންނެވެ.
“އަހަރެން ހަމައެކަނި ކިޔަވަން ބޭނުންވީ ޝައުގުވެރިކަން ހުރުމުން. އުނގެނުމުގެ އެ އެދުން، މިހުރިހާ އަހަރަކަށް ފަހު ޑިގްރީ ނިންމުމަށް އިންސްޕަޔަރ ކޮށްދިނީ.” ރޮސް ބުންޏެވެ.
ޔޫބީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިސްޓަރ ރޮސްގެ ފުރަތަމަ ޕްލޭނަކީ އިނގިރޭސި ބަހުން ޑިގްރީއެއް ހޯދުން ނަމަވެސް އޭނާގެ ދެވަނަ އަހަރު ނިމުނުއިރު މިސްޓަރ ރޮސްގެ ޝައުގުވެރިކަން ތިއޭޓަރަށް ފުރިހަމައަށް ވެރިވެ، ވީހާވެސް ގިނަ ވަގުތު ތިއޭޓަރ ޑިޕާޓްމަންޓުގައި ހޭދަކުރަމުން ދިޔައެވެ
ޔޫބީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިސްޓަރ ރޮސްގެ ފުރަތަމަ ޕްލޭނަކީ އިނގިރޭސި ބަހުން ޑިގްރީއެއް ހޯދުމެވެ.
ނަމަވެސް އޭނާގެ ދެވަނަ އަހަރު ނިމުނުއިރު މިސްޓަރ ރޮސްގެ ޝައުގުވެރިކަން ތިއޭޓަރަށް ބަދަލުވުމުން، ވީހާވެސް ގިނަ ވަގުތު ތިއޭޓަރ ޑިޕާޓްމަންޓުގައި ހޭދަކުރަމުން ދިޔައެވެ. ޝޯތަކާއި ކޯސްތައް ހަދައިގެން އޭނާގެ އަމާޒަކީ އެކްޓަރަކަށްވުން ކަމަށްވެސް ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ