- Advertisement -ad image

އުރުދުގާން އިންތިހާބު ކާމިޔާބު ކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް


ތުރުކީ އިންތިހާބު ރަޖަބް ތޮއްޔިބް އުރުދުގާން ކާމިޔާބުކޮށްފިއެވެ.
އުރުދުގާން އިންތިހާބު ކާމިޔާބު ކުރެއްވީ 52.61 އިންސައްތަ އިންނެވެ. މި ނަތީޖާ އާ އެކު ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 600 ގޮނޑީގެ ތެރެއިން 323 ގޮނޑި އުރުދުގާންގެ ކޯލިޝަނަށް ވަނީ ލިބިފައެވެ.
އިންތިހާބުގެ ރަސްމީ ނަތީޖާ ނުލިބުނު ކަމުގައިވިއަސް އުރުދުގާން އާއި އޭނާގެ ސަޕޯޓަރުން ގެންދަނީ މަގުތައްމަތީ އުފާ ފާޅުކުރަމުންނެވެ.
ތުރުކީގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރު ބޭއްވީ މިމަހުގެ 14 ވަނަ ދުވަހުއެވެ. އެ ބުރުގައި އެރުދުޣާން އަށް ވޯޓުގެ 49.51 އިންސައްތަ ލިބިވަޑައިގެންނެވިއިރު އިދިކޮޅު މައި ލީޑަރު ކަމާލް ކެލަސްޖެރޮގްލޫ އަށް ލިބިވަޑައިގަތީ ވޯޓުގެ 44.81 އިންސައްތައެވެ. ތިންވަނައަށް ދިޔަ ސިނާން އޮޣާން އަށް ލިބިވަޑައިގަތީ ވޯޓުގެ 5.25 އިންސައްތަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ