އެމެރިކާގައި އޮންނަ ވާރޖީނިއާގެ ރިޗްމޮންޑް ޔުނިވަރސިޓީގައި ގްރެޖުއޭޝަން ގޮސް ތިބި ދަރިވަރުން ތަކަކަށް ބަޑިން ހަމަލާދީފި އެވެ.
މި ހަމަލާގައި ދެ މީހަކު މަރުވެ 5 މީހަކަށް ވަނީ އަނިޔާ ވެފަ އެވެ. މަރުވެފައިވަނީ ގުރެޖުއޭޓް ވާން ގޮސް ހުރި 18 އަހަރުގެ ދަރިވަރަކާއި އަދި އޭނާގެ 36އ. ގެ ބައްޕަ އެވެ. އަދި ހަމަލާދީފައިވަނީ ހަފްލާ ކުރިއަށް ދިޔަ ވަގުތުގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ރިޗްމޮންޑަށް ހަމަލާދިން ކަމުގެ ތުހުމަތުގައި މިހާތަނަށް ވަނީ 19އ. ގެ މީހެއް ފުލުހުން ހައްޔަރުކޮށްފަ އެވެ. އަދި ހަތިޔާރާއެކު އުޅުނު އެހެން މީހެއްވެސް ވަނީ ޝައްކު ކުރެވިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި ހަމަލާ އާއި ގުޅިގެން ރިޗްމޮންޑުން ވަކި އެއްޗެއް އަންގަންދެން ޔުނިވަރސިޓީ ވަނީ ބަންދުކޮށްފަ އެވެ. އަި ގްރެޖުއޭޝަން ވެސް ވަނީ ފަސްކޮށްފަ އެވެ.
މި ފަހަކަށް އައިސް އެމެރިކާގެ ސްކޫލުތަކަށް ބަޑިން ހަމަލާދިނުން ވަނީ އިތުރުވެފަ އެވެ.



