- Advertisement -ad image

އެއް މިލިއަން ހާފިޒުން އުފައްދައިގެން ޕާކިސްތާނުގެ މަދަރުސާއަކުން ދުނިޔޭގެ ރެކޯރޑު މުގުރާލައިފި

ad image

ގުޅުންހުރި ލިޔުންތައް


ޕާކިސްތާނުގެ މަދަރުސާއެއް ކަމުގައިވާ ވަފާގު އަލް މަދަރިސް އިން އެއް މިލިއަން ހާފިޒުން އުފައްދައިގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފިއެވެ.
2019 ވަނަ އަހަރު އެކަނިވެސް އެ ސްކޫލުން 78،000 ކުދިން ގުރުއާން ހިތުދަސް ކުރިއިރު މީގެ ތެރޭގައި 14،000 އަންހެން ދަރިވަރުންވެސް ހިމެނެއެވެ.
ވަފާގު އަލް މަދަރިސްގެ ޖެނެރަލް ސެކެޓްރީ ގާރާި ހަފީޒު ވިދާޅުވީ އެ ސްކޫލަށް ކުދިން ވައްދަން ފަށާއި ގުރުއާން ހިތުދަސް ކުރުމުގެ މަސައްކަތް ފަށަނީ އުމުރުން ހަތަރު އަހަރު ފުރުމުންނެވެ. އަދި މި ކުދިން ގުރުއާން ހިތުދަސް ކުރުމަށް ނަގަނީ ދެ އަހަރު ކަމަށްވެސް ގާރީ ހަފީޒު ވިދާޅުވިއެވެ.
ވަފާގު އަލް މަދަރިސް އަށް އެންރޯލް ކުރާ ދަރިވަރުންނަށް ގުރުއާން ހިތުދަސް ކުރުމުގެ އިތުރުން ފަށައިގަންނަ ތައުލީމާއި އިނގިރޭސި، ހިސާބު، އުރުދޫގެ އިތުރުން ސައިންސް މާއްދާވެސް ކިޔަވައިދެއެވެ.
ގާރީ ހަފީޒު ވިދާޅުވީ ސައުދީ އަރަބިއްޔާއިންވެސް އުފައްދަމުން އަންނަނީ އަހަރަކު ފަސްހާސް ހާފިޒުން ކަމަށާއި ވަފާގު މަދަރުސާގެ މި މަސައްކަތަށް ސައުދީ ސަރުކާރުންވެސް ތައުރީފުކޮށްފައިވާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ