ފިރިމީހާ އާއި ޒުވާބުކުރިތާ ގަޑިއިރުތަކެއް ފަހުން އަނބިމީހާ އާއި ތިން ދަރިންވެސް މަރާލުމަށްފަހު ވަޅަކަށް ލާފައި ތިއްބާ ހޯދައިފި އެވެ.
އިންޑިޔާގެ މަހާރާޝްތްރާގެ އަހްމަދުނަގަރުގައި ހިނގި މި ހާދިސާގައި ވަނީ ޑަމްޕަލް ނަމަކަށް ކިޔާ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުން ވަނީ މި މީހާއަކީ މަރުވެފައިވާ ކަންޗަންގެ ފިރިމީހާކަމަށްވެސް ފުލުހުން ބުނެއެވެ.
ކަންޗަން އާއެކު މި މީހުންގެ 3 ދަރިންގެ ހަށިގަނޑުވެސް ފުލުހުން ވަނީ އެ ވަޅުގެ ތެރެއިން ހޯދާފައެވެ. ޕޮޓަރީ ފާމް އެއްގައި ހުރި މި ވަޅުން މި މީހުންގެ ހަށިތައް ހޯދާފައިވަނީ ކަންޗަންގެ ފިރިމީހާ އާއި އޭނާ ޒުވާބުކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ. އެ ޕޮޓަރީ ފާމް އަކީ އެ ދެ މީހުންވެސް މަސައްކަތް ކުރާ ތަނެވެ.
އެ ހިސާބުގަނޑު މީހުންވަނީ އެ ދެމަފިރިން ޒުވާބުކުރިތަން ފެނުނު ކަމަށް ހެކިބަސް ދީފައެވެ. މި މީހުންގެ ހަށިތައް މިހާރުވަނީ ޕޯސްޓްމޯޓަމް އަށް ފޮނުވާފަ އެވެ.



