މިހިނގާ 2023 ވަނަ އަހަރު އެންމެ ގިނަ ސަރުކާރު ބަންދު ދުވަސްތައް ލިބޭ ގައުމަކީ ނޭޕާލް ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ވޯލްޑް އޮފް ސްޓެޓިސްޓިކްސް އިން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ޕަބްލިކް ހޮލިޑޭގެ ގޮތުގައި މިއަހަރު 35 ދުވަސް ނޭޕާލްގައި ދިރިއުޅޭ މީހުންނަށް ލިބެއެވެ. ހޮނިހިރު ދުވަސް ހިމަނައިގެން ނަމަ ޖުމުލަ 87 ދުވަސް ލިބެއެވެ.
2023 ވަނަ އަހަރު ދެވަނައަށް އެންމެ ގިނަ ބަންދު ދުވަސް ލިބޭ ގައުމަކީ މިޔަންމާއެވެ. އެގޮތުން މިޔަންމާގައި ދިރިއުޅޭ މީހުންނަށް 32 ދުވަސް ލިބޭއިރު ތިންވަނައަށް އެންމެ ގިނަ ބަންދުވަސް ލިބެނީ އިރާންގައި ދިރިއުޅޭ މީހުންނަށެވެ. އެގޮތުން 26 ދުވަސް ލިބޭ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ.
ސްރީލަންކާގައި ދިރިއުޅޭ މީހުންނަށް މިއަހަރު ޕަބްލިކް ހޮލިޑޭސްގެ ގޮތުގައި 25 ދުވަސް ލިބޭއިރު ބަންގްލަދޭޝްގައި ދިރިއުޅޭ މީހުންނަށް 22 ދުވަސް ލިބެއެވެ.



