- Advertisement -ad image

ޕަބްޖީއިން ދިމާވި ފިރިހެނަކާ ބައްދަލުކުރަން ބައްޕަގެ ގެ ވިއްކާލާފައި ޕާކިސްތާނު އަންހެނަކު އިންޑިއާ އަށް!

ad image

ގުޅުންހުރި ލިޔުންތައް


ޕަބްޖީ ކުޅެނިކޮށް ދިމާވި ފިރިހެނަކާ ބައްދަލު ކުރަން ޕާކިސްތާނު އަންހެނަކު ހަތަރު ދަރިން ގޮވައިގެން އިންޑިއާ އަށް ހިނގައްޖެއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ސީމާ ގުލާމް ހައިދަރު ނަމަކަށް ކިޔާ މި އަންހެންމީހާ އިންޑިއާ އަށް ދާން ނިންމީ ޕަބްޖީ ކުޅުމުގެ ތެރެއިން ދިމާވި ފިރިހެނެއް ދެކެ ލޯބިވެގެންނެވެ. ސަޗިން ކިޔާ މިފިރިހެން މީހާ އުޅެނީ ދިއްލީ އާއި ކައިރީގައި އޮންނަ ގްރޭޓަރ ނޮއިޑަރގައެވެ.
ޕަބްޖީ ގޭމު ކުޅެނިކޮށް އުފެދުނު މި ގުޅުމުގެ ސަބަބުން ސީމާ ޕާކިސްތާނުގެ ކަރާޗީން ނިކުމެގެން ގަވައިދާ ހިލާފަށް އިންޑިއާ އަށް ވަންނަން މަސައްކަތް ކުރީ އޭނާގެ ހަތަރު ދަރިންނާވެސް އެކުގައެވެ.
އުމުރުން 27 އަހަރުގެ ސީމާ އެންމެ ފުރަތަމަ ދިޔައީ ދުބާއީ އަށެވެ. އޭގެ ފަހުން ހަތަރު ދަރިންނާއެކު އޭނާ ދިޔައީ ނޭޕާލަށެވެ. އެއަށްފަހު ނޭޕާލްގެ ބޯރޑަރުން އޭނާ އިންޑިއާ އަށް އެތެރެވެ ސަޗިން ދިރިއުޅޭ ނޮއިޑާއިން އެޕާރޓްމަންޓެއް ކުއްޔަށްނަގާ ދިރިއުޅެންވެސް ފެށިއެވެ.
މި ދެމީހުން ބަސްޓްވެފައިވަނީ ހަރިޔާނާއަށް ދިއުމަށް އެރި ބަހަކުން ޝައްކުތަކެއް އުފެދިގެން ކަމާބެހޭ ފަރާތްތަކުން ސުވާލު ކުރަން ގެންދިއުމުންނެވެ. ސީމާ ބުނީ އޭނާ ސަޗިން ކައިރިއަށް އިންޑިއާ އަށް ދިޔައީ އޭނާގެ މައިންބަފައިންގެ ގެ 12 ލައްކަ ރުޕީސްއަށް ވިއްކާލުމަށް ފަހު ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ