- Advertisement -ad image

އައިފޯނު 14 އެއް ގަންނަން ދަރިފުޅު ވިއްކާލައިފި

ad image

ގުޅުންހުރި ލިޔުންތައް


އިންޑިއާގެ އަވަށެއްގައި އައިފޯނު 14 އެއް ގަތުމުގެ ބޭނުމުގައި ދެމަފިރިއަކު ދަރިފުޅު ވިއްކާލައިފިއެވެ. ހަބަރުތައް ބުނާ ގޮތުން މި ދެމަފިރިން ދަރިފުޅު ވިއްކާލައިގެން އައިފޯނު 14 ގަތުމުގެ ބޭނުމަކީ ދެމަފިރިން އެކުގައި ކުރާ ދަތުރުތަކުގެ ވީޑިއޯ ހަދައި އިންސްޓަރގްރާމުގައި ހިއްސާކުރުމަށެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހާދިސާ ހިނގާފައިވަނީ އިންޑިއާގެ އުތުރު ސްޓޭޓްގެ ވެސްޓް ބެންގާލްގައެވެ.
އެގޮތުން މިދެމަފިރިން ވިއްކާލީ އެމީހުންގެ 8 މަހުގެ ދަރިފުޅެވެ. އެކުއްޖާ ވިއްކާލީ ދެ ލައްކަ އިންޑިއަން ރުޕީސް ނުވަތަ 2400 ޔޫއެސް ޑޮލަރަށެވެ.
މި ދެމީހުންގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ އަވަށްޓެރިންނެވެ. އެގޮތުން އަވަށްޓެރިން ބުނެފައިވަނީ އެ މަފިރިންގެ ދަރިފުޅު ނުފެންނަތާ ދުވަސްތަކެއް ވެފައިވާ ކަމަށާއި ގޭތެރެއިން ފޯނު އެލާމެއްގެ އަޑުވެސް އިވޭ ކަމަށެވެ.
އަދި އަވަށްޓެރިން ގޮސް އެހުމުން އެމީހުންގެ ފިރިހެން ދަރިފުޅު ވިއްކާލީ ފައިސާ ހޯދަން ކަމަށް ބުނި ކަމަށް އަވަށްޓެރިންނާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.
ފުލުހުން ވަނީ މިހާރު އެހެން އަންހެނެއްގެ އަތުން ވިއްކާލި ކުއްޖާ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ