- Advertisement -ad image

މުސްލިމު ދަރިވަރެއްގެ ގައިގާ ޓީޗަރަކު އިސްވެހުރެ ތަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިޔާ (އުއްތަރް ޕްރަދޭޝް)؛ ސްކޫލެއްގެ މުސްލިމު ދަރިވަރެއްގެ ގައިގާ ދަރިވަރުން ލައްވާ ތެޅި ޓީޗަރެއްގެ މައްސަލަ ބަލަން ފަށައިފި އެވެ.

ކްލާސް ރޫމްއެއްގެ ތެރޭގައި ޓީޗަރަކު މިގޮތަށް އަމަލުކޮށްފައިވަނީ އެ ކުއްޖާގެ ހިސާބު ޓައިމްޓޭބަލް ނުބައިކޮށް ކިޔައިދެވުމުންނެވެ. އެގޮތުން ޓީޗަރު ވަނީ ކްލާސް އެހެންކުދިން ލައްވާ އެ ކުއްޖާގެ މޫނު އަދި އުނަގަނޑުމަތީގައި ވެސް ތަޅާފައެވެ. 

މި މުސްލިމް ކުއްޖާއަށް އަނިޔާކުރަމުންދާ ވީޑިޔޯއެއް މިހާރުވަނީ ވައިރަލްވެފަ އެވެ. މި ވީޑިޔޯގައި ކްލާސް ދަރިވަރުންގެ ގާތުގައި އެ މުސްލިމު ދަރިވަރުގެ ގައިގާ ތަޅާ އަނިޔާކުރަން ބުނެ ހިތްވަރުދޭތަން ފެނެއެވެ. މި ވީޑިޔޯއިން ފެންނަނީ ގާތްގަނޑަކަށް އުމުރުން 8 ވަރަކަށް އަހަރުގެ ކުދިންނެވެ.

“ކީއްވެ ތިހާ މަޑުން ތި ޖަހަނީ؟ ބާރަށް ޖަހާ!!” ވީޑިޔޯގައި ޓީޗަރު މިހެން ބުނާ އަޑުއިވެއެވެ. 

އަދި ތެޅުމުގެ ސަބަބުން ކުއްޖާގެ މޫނު ރަތްވެފަ ހުރުމުން ކުއްޖާގެ އުނަގަނޑުމަތީގައި ޖެހުމަށް ދަރިވަރުން ގާތުގައި ޓީޗަރު ބުނަމުންދާ އަޑުވެސް އިވެއެވެ. އަދި އެވަގުތު ކުއްޖާ ރޯތަންވެސް ވީީޑިޔޯއަށް ވަނީ އަރާފަ އެވެ. 

އިންޑިޔާގެ ފުލުހުން މިހާރުވަނީ މި ޓީޗަރު ހައްޔަރުކޮށް މައްސަލަ ބަލަން ފަށާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ