މޮރޮކޯއަށް 6.8 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެ އެވެ.
މި ބިންހެލުން އައިސްފައިވަނީ އެޤައުމުގެ އެންމެ މުސްކުޅި އެއް އަވަށް ކަމަށްވާ މަރަކޭޗްއަށެވެ. ފަރުބަދަ ތަކުން ފުރިގެންވާ ސަރަހައްދަށް އައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް ވަނީ 600އަށްވުރެ ގިނަ މީހުން މަރުވެފަ އެވެ. އަދި މީހުންގެ ގެދޮރުތައް ސުންނާފަތިވެފައިވާކަމަށް އެ ޤައުުމުގެ އޮފިޝަލުން ވަނީ ހާމަކޮށްފަ އެވެ.
މި ކާރިސާގައި 300 އަށްވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފަ އެވެ.
މި ބިންހެލުމުގެ ސަބަބުން ފަރުބަދަތަކުގެ މަތިންވަނީ ބޮޑެތި ހިލަތައް ފައިބާފަ އެވެ. އަދި އެ ސަރަަހައްދުގައި ތާށިވެފައި ތިބި މީހުންނަށް އެހީ ފޯރުކޮށްދިނުމަށް ދަތިތައް ހުރިކަމަށްވެސް އޮފިޝަލުން ވަނީ ބުނެފައެވެ.



