- Advertisement -ad image

ލީބިޔާގައި ފެންބޮޑުވުން: މަރުވި މީހުންގެ އަދަދު 11،300 އަށް!

ad image

ގުޅުންހުރި ލިޔުންތައް

ލީބިޔާއަށް ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި މަރުވި މީހުންގެ އަދަދު 11،300 އަށްވުރެ މައްޗަށް އަރާފައިވާކަމަށް ޔޫއެންއިން ބުނެފި އެވެ.

އިއްޔެ ޔޫއެންއިން ނެރުނު ރިޕޯޓުގައި ބުނެފައިވާ ގޮތުން ލީބިޔާއަށް ކުރިމަތިވި މި ބިރުވެރި ކާރިސާގައި މަަރުވި މީހުންގެ އަދަދު ކުރިއަށް އޮތްތަނުގައި އިތުރުވާނެކަމަށް ލަފާކުރެވެއެވެ. ލީބިޔާގެ ދަރްނާގެ ބޭރުން އެކަނިވެސް ވަނީ 170 މީހުން މަރުވެފަ އެވެ. އަދި ދަރްނާއިން އެކަނިވެސް މި ކާރިސާގައ 10،300 ވަނީ ގެއްލިފަ އެވެ. މިމީހުންގެ ހަށިތައް ފެނޭތޯ އަދިވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ލީބިޔާއަށް ބޯކޮށް ވާރޭވެހި ކުރިމަތިވި މި ފެންބޮޑުވުމުގެ ކާރިސާގެ އަސަރު ވަނީ އެއް ލައްކައަށް ވުރެ ގިނަ މީހުންނަށް ކޮށްފަ އެވެ. އެތަނުން 40،000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި މި މީހުންނަށް ސާފު ބޯފެނާއި، ކާބޯތަކެތި، އަންނައުނު އަދި ވަގުތީ ބޯހިޔާކަން ދަނީ ފޯރުކޮށްދެމުންނެވެ.

މި ވިއްސާރައިގެ ސަބަބުން މީހުންގެ ގެދޮރާއި، އުޅަނދުފަހަރު އަދި މަގުތަކަށްވެސް ވަނީ ބޭނުންނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ލިބިފަ އެވެ. ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން ދަރްނާ ހިމެނޭ އަވަށްގަނޑު އެއްކޮށް ޗަކަ ފެންގަނޑުތެރެއަށް ވަނީ ދަމައިގަނެގެން ގެންގޮސްފަ އެވެ.

ޔޫއެންއިން ބުނިގޮތުގައި ދަރްނާއިން އެކަނިވެސް 30،000 މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފަ އެވެ.

ލީބިޔާއަށް ކުރިމަތިވި މި ޚާރިސާގެ ސަބަބުން އެތައް ކުޑަކުދިންނެއް ވަނީ ބޮޑެތި ބަލިތައްކަމަށްވާ ބޭރަށް ހިންގުން، ކޮލެރާގެ ޝިކާރައަކަށްވެފަ އެވެ. އަދި ގިނަ ކުދިންނެއް ވަނީ ޑީހައިޑްރޭޝަން އާއި ބަނޑުހައިހޫނުކަމާއި ކުރިމަތިލާން ޖެހިފައެވެ.

spot_img

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ