- Advertisement -ad image

ޔަހޫދީންގެ ހަމަލާތަކުން ފަލަސްތީނުގެ 687 މީހުން ޝަހީދުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް


ފަލަސްތީނުގެ ހެލްތް މިނިސްޓްރީ އާއި ހަވާލާދީ، މީޑިއާތަކުން ބުނީ، މިމަހުގެ 7 ވަނަ ދުވަހު ފެށުނު މި ހަނގުރާމައިގެ ތެރެއިން މިހާތަނަށް 687 އާއި ގާތްކުރާ އަދަދެއްގެ ފަލަސްތީނުގެ ރައްޔިތުން ޝަހީދު ވެފައިވާ ކަަމަށެވެ.
މީގެ ތެރޭގައި 140 ކުޑަކުދިންނާއި 105 އަންހެނުން ވެސް ހިމެނެއެވެ.
މީގެ އިތުރުން 3800 އަށްވުރެ ގިނަ މީހުންނަށް އެކިވަރުގެ ޒަހަމްތައް ވެސް ވެފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
ހަމާސް ޖަމާއަތުން އިސްރާއީލަށް ދިން ކުއްލި ހަމަލާގެ ބަދަލު ހިފުމަށް ރަސްމީކޮށް، އިސްރާއީލުން ހަނގުރާން އިއުލާނު ކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެއާއި އެކީ އިސްރާއީލުން ވަނީ އެމީހުން ދެމުން އަންނަ ހަމަލާތައް ވަރުގަދަ ކޮށްފައެވެ.

އިސްރާއީލުން ވަރުގަދަ ހަމަލާތައް ދިން ނަމަވެސް، ހަމާސް ޖަމާއަތުން ވެސް އަމާން ދިނުމެއް ނެތި އަންނަނީ އިސްރާއީލް ސިފައިން ތިބޭ އެކި ސަރަހައްދުތަކަށް ވަދެ ހަމަލާތައް ދެމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ