- Advertisement -ad image

މެދުކަނޑުމަކަށް ފަހު އަނެއްކާވެސް އިޒްރޭލްގެ ހަމަލާތައް ހައްދުފަހަނައަޅާދަނީ!

ad image

ގުޅުންހުރި ލިޔުންތައް

ހަނގުރާމަ ހަފްތާއަކަށް މެދުކަނޑާލުމަށްފަހު އިޒްރޭލުން އިއްޔެ އަލުން ވަނީ ގާޒާގެ އެކި ސަރަހައްދުތަކަށް ވައިގެ ހަމަލާތައް ދޭން ފަށާފަ އެވެ.

މި ލާއިންސާނީ ހަމަލާތަކުގައި އިޒްރޭލުންވަނީ ފަލަސްތީނުގެ ކުށެއްނެތް 180އަށްވުރެ ގިނަ ރައްޔިތުން ޝަހީދުކޮށްލާފަ އެވެ. އޭގެތެރޭގައި ގިނަ އަދަދަކަށް ކުޑަކުދިންވެސް ހިމެނެ އެވެ.

ގާޒާގެ ހެލްތު އޮފިޝަލުން ވިދާޅުވި ގޮތުގައި އިޒްރޭލުން އިއްޔެ ދޭން ފެށި ހަމަލާތަކުގައި 184 މީހަކު ޝަހީދުވެ 589 މީހަކަށް ވަނީ އަނިޔާވެފަ އެވެ. އަދި 20 އަށް ވުރެ ގިނަ ގެތަކަށް އިޒްރޭލުން ހަމަލާތައް އަމާޒުކޮށްފައިވެ އެވެ. 

އިޒްރޭލުގެ ހަމަލާތައް އެންމެ ބޮޑަށް އިއްޔެ އަމާޒުކޮށްފައިވަނީ ގާޒާގެ ދެކުނުގެ ސަރަހައްދުތަކަށެވެ. އެގޮތުން އެ ސަރަހައްދުތަކަށް ހަމަލާތައް ދޭން ފެށުމުގެ ކުރިން އިޒްރޭލުން ވަނީ އެ ސަރަހައްދުން ރައްޔިތުން އެހެން ސަރަހައްދުތަކަށް ދިޔުމަށް އިންޒާރުދީފަ އެވެ.

މި ހަމަލާތަކުގެ ރައްދުގައި ހަމާސް ޖަމާއަތުން ވެސް ވަނީ އިޒްރޭލަށް ހަމަލާތަކެއް ފޮނުވާލާފަ އެވެ.

މިދިޔަ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ފަލަސްތީނަށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 15،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާ އިރު މީގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ