- Advertisement -ad image

މަޝްވަރާތައް ރޫޅާލައި އިސްރާއީލުން ޣައްޒާއަށް ބޮން އަޅައިފި

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ހަމާސް އިން ހަނގުރާމައިގެ އެއްބަސްވުމާ ހިލާފުވެފައިވާ ކަމަށް ބުނެ އިޒްރޭލުން މަޝްވަރާކުރާ ފަރާތްތައް އަނބުރާ ގެންގޮސް ހަމަލާތައް ވަރުގަދަކޮށްފި އެވެ.

ހަމާސްއިން ވަނީ ޣައްޒާއަށް އިސްރާއީލުން ދެމުން ގެންދާ ލާއިންސާނީ ހަމަލާތައް ނިމުމަކަށް ނާންނަހާ ހިނދަކު ގައިދީން ބަދަލުކުރުމުގެ މަޝްވަރާތައް ނުފެށޭނެ ކަމަށް ބުނެފަ އެވެ.

މިހެން ބުނުމާއި ގުޅިގެން ހަނގުރާމައިގެ އެއްބަސްވުމާ ހަމާސްއިން ހިލާފުވެފައިވާ ކަމަށް ތުހުމަތުކޮށް އިޒްރޭލުން ވަނީ މިދިޔަ ހޮނިހިރު ދުވަހު ގަތަރުން މަޝްވަރާކުރާ ފަރާތްތައް އަނބުރާ ގެންގޮސްފަ އެވެ.

ދޯހާގައި މިހާރު ހުރިި ފަރަންސޭސި ވިލާތުގެ ރައީސް ދަނީ އިޒްރޭލުން ގަތަރުގައި ތިބި މޮސާޑްގެ މަޝްވަރާކުރާ ފަރާތްތައް އަނބުރާ ގެންދިއުމާ ގުޅިގެން “ދެމެހެއްޓެނިވި ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށް ކުރާ މަސައްކަތްތައް ހަރުދަނާ ކުރުމަށް” އަޑުއުފުލަމުންނެވެ.

އިސްރާއީލުން ޣައްޒާގެ ރެފިއުޖީ ކޭމްޕްތަކަށް އަމާޒުކޮށް އަނެއްކާވެސް ބޮން އެޅުމުގެ ސަބަބުން ބާކީ ހުރި ހޮސްޕިޓަލްތައް ވަނީ ފުރިފައެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާގައި ފަލަސްތީނުގެ 15،207 މީހުން ވަނީ ޝަހީދުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ