- Advertisement -ad image

ތައިލެންޑްގައި ޑަބަލް ޑެކާ ބަހެއް ގަހެއްގައި ޖެހި 14 މީހުން މަރުވެއްޖެ

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ތައިލެންޑްގެ ދެކުނުގައި ޑަބަލް ޑެކަރ ބަހެއް ގަހެއްގައި ޖެހި 14 މީހުން މަރުވެ 32 މީހުން ޒަޚަމްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބެންކޮކުން އެ ގައުމުގެ ދެކުނު ސަރަހައްދަށް ދަތުރުކުރަމުން ދަނިކޮށް މި ބަސް ވެއްޓުނީ ރޭ ދުވަހުގެ ރޭ ދަންވަރު 1:00 އެހާކަންހާއިރު އެވެ.

ވެރިރަށުގެ ދެކުނު ބަސް ޓާމިނަލުން 46 ފަސިންޖަރުން ގޮވައިގެން ސޮންގްކްލާގެ ނަތަވީ ޑިސްޓްރިކްޓަށް ދަތުރުކުރަމުން ދިޔަ އެ ބަސް ދުއްވާފައި ދިޔައީ ޕްރަޗުއާޕް ކީރީ ޚާން ޕްރޮވިންސްގެ މަގަކުން ނެވެ.

ތައިލެންޑްގެ މީޑިއާގައި ޝާއިއުކޮށްފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެހިކަލްގެ ކުރީބައި އޮތީ ދެބުރިވެފަ އެވެ.

ސަރުކާރު ހިއްސާވާ ބަސް އޮޕަރޭޓަރު ޓްރާންސްޕޯޓް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ ޒަހަމްވި އެންމެންނަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި ބަސް ވެއްޓުނު ސަބަބު އެ ކުންފުނިން ބަލަމުން އަންނަ ކަމަށެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ހާމަކުރާ ގޮތުގައި ތައިލޭންޑަކީ ދުނިޔޭގައި މަގުމަތީގެ އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ނިސްބަތް އެންމެ ބޮޑު އެއް ގައުމަށް ވާއިރު، ޓްރެފިކް އެކްސިޑެންޓްތަކުގައި އަހަރަކު ގާތްގަނޑަކަށް 20،000 މީހުން އެ ޤައުމުގައި މަރުވެއެވެ.

މިދިޔަ ޖުލައި މަހުގެ ތެރޭގައި އެގައުމުގެ އިރުއުތުރުގެ ފު ސިންގް ޑިސްޓްރިކްޓްގެ ފަރުބަދަ މަގަކުން ބަހެއް ވެއްޓި ހަތަރު މީހުން މަރުވެ 34 މީހުން ޒަހަމްވި އެވެ.

2014 ވަނަ އަހަރު އިރުމަތީ ޑިސްޓްރިކްޓް ކަމަށްވާ ޕްރަޗިންބުރީގައި 18 ފުރޮޅުލީ އުޅަނދެއްގައި ހިނގި އެކްސިޑެންޓެއްގައި 15 މީހުން މަރުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ސްކޫލް ދަރިވަރުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ