- Advertisement -ad image

ޣައްޒާގެ ހާލަތު ގަޑިއިރަކަށްވުރެ ގަޑިއިރެއް ދަނީ ގޯސްވަމުން: ޑަބްލިއުއެޗްއޯ

ad image

ގުޅުންހުރި ލިޔުންތައް


ޣައްޒާގައި ހުންނަ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އޮފިޝަލަކު އަންގާރަ ދުވަހު ވަނީ، ޚާން ޔުނިސް އާއި ރަފާހް ސިޓީތަކުގެ ވަށައިގެން ވާ ފަލަސްތީނުގެ އެންކްލޭވްގެ ދެކުނުގައި އިސްރާއީލުން ދޭ ބޮމުގެ ހަމަލާތައް ވަރުގަދަވެފައިވާތީ، ގަޑިއިރަކަށްވުރެ ގަޑިއިރެއް ޣައްޒާގެ ހާލަތު ގޯސްވަމުން އަންނަ ކަމަށް ބުނެފަ އެވެ.

ޣައްޒާގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ރިޗަޑް ޕީޕަރކޯން ވީޑިއޯ ލިންކް މެދުވެރިކޮށް ނޫސްވެރިންނަށް މައުލޫމާތު ދެމުން ވަނީ، ދެކުނުގެ ސަރަހައްދުތަކާއި ޚާން ޔުނިސް އަދި ރަފާހުގައި ވެސް ބޮމުގެ ހަމަލާތައް ވަރުގަދަކުރަމުންދާކަމަށް ބުނެފަ އެވެ.

ޕީޕަރކޯން ބުނިގޮތުގައި ޣައްޒާއަށް އިންސާނީ އެހީފޯރުވުމަކީ ވަރަށް ކުޑަ އެހީއެކެވެ. އަދި ބޮމުގެ ހަމަލާއިން ސަލާމަތްވުމަށް އިތުރު ބަޔަކު ދެކުނުން ކުރިއަށް ދާތީ އާބާދީ ބޮޑު އެންކްލޭވްގެ ސިއްހީ ނިޒާމުގެ ނާޒުކުކަމާ މެދު ޑަބްލިއުއެޗްއޯއިން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

“އުތުރުގައި ހިނގި ކަންތައްތަކުގެ ވައްޓަފާޅި އަޅުގަނޑުމެންނަށް ފެންނާނެ،” ޣައްޒާގެ އުތުރުގެ ސަރަހައްދަކަށް ވަރަށް ބޮޑަށް ބޮން އަޅައި، އިންސާނީ ސާމާނުން ގާތްގަނޑަކަށް ކަނޑާލި ސަރަހައްދަކަށް އިޝާރާތްކޮށް އޭނާ ބުންޏެވެ އެވެ.

“އެކަމެއް ނުވާނެ… އަޅުގަނޑު ވަރަށް ސާފުކޮށް ދަންނަވާލަން ބޭނުންވަނީ، އަޅުގަނޑުމެންނަށް މި ފެންނަނީ އިންސާނީ ކާރިސާއެއް އިތުރުވަމުންދާތަން.”

ޣައްޒާގައި ހުންނަ އދ.ގެ ފަލަސްތީނުގެ އެޖެންސީގެ ޑިރެކްޓަރ އޮފް އެފެއާޒް ތޯމަސް ވައިޓް ވިދާޅުވީ ހަ ލައްކައަށް ވުރެ ގިނަ މީހުންގެ އާބާދީއެއް ބޮމުގެ ހަމަލާތަކުން ސަލާމަތްވުމަށް ބަދަލުވާން އަންގާފައިވާ ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޕީޕަރކޯން ވިދާޅުވީ ޚާން ޔުނިސްގެ ގުދަންތަކުން ތަކެތި ނެގުމަށް އިސްރާއީލުން ނެރުނު އަމުރަށް އެ އެޖެންސީން އަމަލުކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ޑަބްލިއުއެޗްއޯއަށް އަންގާފައި ވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ސަރަހައްދަކީ ހަރަކާތްތެރި ހަނގުރާމައިގެ ސަރަހައްދަކަށް ވެގެންދާނެ ކަމަށެވެ.

“އަޅުގަނޑުމެން ބޭނުންވަނީ ހަގީގަތުގައި ވެސް ޒަރޫރީ މެޑިކަލް ސާމާނު ޑެލިވަރީ ކުރަން” އޭނާ ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސުސް ވަނީ އެ އަމުރު އަނބުރާ ގެންދިއުމަށް އިސްރާއީލަށް އިލްތިމާސް ކުރައްވާފައެވެ. ގުދަންތައް ހުސްކުރަން އެދުންކަން އިޒްރޭލުން ވަނީ ދޮގުކޮށްފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ