- Advertisement -ad image

50 އަހަރުގެ އަންހެނަކު ރޭޕްކޮށް މަރާލައިފި

ad image

ގުޅުންހުރި ލިޔުންތައް

އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ގުނާ ޑިސްޓްރިކްޓްގައި ބޯޕާލްއަށް ނިސްބަތްވާ އުމުރުން 50 އަހަރުގެ އަންހެނަކު ގޭންގް ރޭޕްކުރުމަށްފަހު މަރާލައިފި އެވެ.

ސުތަލިއާ ސަރަޙައްދަށް އެ އަންހެން މީހާ ގޮސްފައިވަނީ އެކި ފަރާތްތަކުން އޭނައަށް ދައްކަންޖެހޭ ދަރަނިތައް ހޯދުމަށެވެ. މި ހާދިސާ ހިނގާފައިވަނީ އެ ޑިސްޓްރިކްޓްގެ ޗަންޗައުޑާ ސަރަހައްދުގައެވެ.

މި ހާދިސާ ހިގިއިރު އޭނާ ދަތުރުކުރަމުން ދިޔައީ ދަންނަ މީހަކާއެކު ޓެލީ ވިލެޖަށެވެ. މި މައްސަލައިގައި ހިމެނޭ ތިން މީހުން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނިގޮތުގައި ކުށްވެރިން ވަނީ އޭނާގެ ހަށިގަނޑު ފޮރުވާފައި ވަނީ ހިލައާއި ގަސްތަކުގެ ދަށުގައި ވަޅުލައިގެންނެވެ. އަދި އޭނާގެ ހަލާކުވެފައިވާ ހަށިގަނޑު ފެނިފައިވަނީ ޗަންޗައުޑާ ސަރަހައްދުގެ ޑެހެރީ ވިލެޖްގައި ދިރިއުޅޭ މީހަކަށެވެ.  އެ ހިސާބުގަނޑުގެ ވަލުގެތެރޭގައި ނުދަންނަ އަންހެނެއްގެ ހަށިގަނޑު އޮތް ކަމުގެ މައުލޫމާތު އޭނާ ފުލުހުންނަށް އަންގާފަ އެވެ.

އިންޑިޔާގައި ދުވާލެއްގެ މައްޗަށް އެތައް އަންހެނުންނާއި ކުޑަކުދިންނެއް ރޭޕްކޮށް މަރައެވެ. މިކަމާ ދެކޮޅަށް ދަނީ އެ ޤައުމުގައި ގިނަ ބަޔަކު މުޒާހަރާކޮށް އަޑުވެސް އުފުލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ