- Advertisement -ad image

ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު ކުޑަވަމުންދާ ކަމަށް ގަތަރުން ބުނެފި

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

އިޒްރޭލުން ޣައްޒާއަށް ބޮން އެޅުމުގެ ސަބަބުން ހަނގުރާމަ ހުއްޓާލުމުގެ ފުރުސަތު ކުޑަވަމުންދާ ކަމަށް ގަތަރުގެ ބޮޑުވަޒީރު ވިދާޅުވެއްޖެ އެވެ.

ދޯހާ ފޯރަމްގައި ވާހަކަ ދައްކަވަމުން ޝެއިޚް މުހައްމަދު ބިން އަބްދުއްރަހްމާން އަލް ޘާނީ ވިދާޅުވީ ގަތަރުން ހަނގުރާމަ ހުއްޓާލުމަށް ދެފަރާތަށް ކުރަމުންދާ ޕްރެޝަރުތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ފަހުކޮޅު ހަމަނުޖެހުންތައް ހަފުތާއެއްވަންދެން މެދުކަނޑާލުމަށް މަޝްވަރާ ކުރުމަށް ގަލްފުގެ ގައުމުތަކުން އިސް ދައުރެއް އަދާކުރި އިރު، އެ ކަމުގެ ސަބަބުން ރަހީނުކުރި މީހުން ދޫކޮށްލުމުގެ ފުރުސަތު ލިބުނެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ބުނީ “ހަނގުރާމަ ވަރަށް ބާރަށް ކުރިއަށްދާ” ކަމަށެވެ. އަދި ފާއިތުވި ދުވަސްތަކުގައި ހަމާސްގެ އެތައް ހަނގުރާމަވެރިންނެއް އަމާންދީ، ހަތިޔާރު ބަހައްޓައި، އިސްރާއީލްގެ ހަނގުރާމަވެރިންނާ ހަވާލުވަމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

އަދި މިއީ ހަމާސްގެ ނިމުމުގެ ފެށުން ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ޣައްޒާއަށް ދޭ ހަމަލާތަކުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 18،000 މީހުން މިހާރު ޝަހީދުވެފައިވާ ކަމަށް ސިއްހީ އިދާރާތަކުން ބުނެއެވެ.

ދޯހާގައި ބޭއްވި މި ކޮންފަރެންސްގައި ފަލަސްތީނު ރެފިއުޖީންނާ ބެހޭ އދގެ އިދާރާ ޔޫއެންއާރްޑަބްލިއުއޭގެ ވެރިޔާ ފިލިޕް ލަޒާރިނީ ވިދާޅުވީ އެ ސަރަހައްދު “ބިމުގައި ނަރަކައަކަށް” ވެފައިވާ ކަމަށާއި އެއީ “ޔަގީނުން ވެސް އަޅުގަނޑަށް ފެނުނު އެންމެ ގޯސް ހާލަތު” ކަމަށެވެ.

މި ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފަލަސްތީނުގެ ބޮޑުވަޒީރު މުހައްމަދު ޝްތައްޔާ ވިދާޅުވީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފަށް އިސްރާއީލަށް ފުރުސަތު ދީގެން ނުވާނެ ކަމަށާއި ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުއެޅުމަށް ގޮވާލާ ކަމަށެވެ.

ދޯހާގައި މި ބައްދަލުވުން ކުރިއަށް ދިޔައިރު، ޣައްޒާގެ ދެކުނުގައި ހިނގަމުންދާ ހަމަނުޖެހުންތައް ދިޔައީ ގަދަވަމުންނެވެ. އުތުރުގައި ހިނގަމުންދާ ހަނގުރާމަތަކުން ސަލާމަތްވުމަށް މީހުން ދާން އެންގި ޚާން ޔުނިސް ސިޓީގައި މިހާރު ވަނީ ބޮމުގެ ހަމަލާތައް ދީފަ އެވެ. އިޒްރޭލުން ވަނީ އާންމުން އެ ގައުމުގެ މަރުކަޒުން ނުކުތުމަށް އަންގާފަ އެވެ.

ބީބީސީ ނިއުސްއަށް ދިން އިންޓަވިއުއެއްގައި އިސްރާއީލުގެ ސީނިއާ އެޑްވައިޒަރު މާކް ރެގެވް ވަނީ ޚާން ޔޫނުސްގައި “އުނދަގޫ ހަނގުރާމަތަކެއް” ހިނގާނެ ކަމަށާއި އާދީއްތަ ދުވަހުގެ ރޭ އިޒްރޭލުގެ ޓޭންކްތައް އެ ސިޓީގެ މެދުތެރެއަށް ގޮސްފައިވާތީ އާންމުން “ސޭފް ޒޯންތަކަށް ދިއުމަށް” ގޮވާލާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ