- Advertisement -ad image

ރޭ ޣައްޒާއަށް ވަރުގަދަ ހަމަލާތަކެއް، އދ.ގެ އާންމު މަޖިލީހުގައި ހަނގުރާމަ ހުއްޓާލުމާ މެދު ވޯޓަށް އަހަނީ!

ad image

ގުޅުންހުރި ލިޔުންތައް

ލިޔުނީ: މަރްޔަމް އަދީލާ

ޣައްޒާގައި “ވަގުތުން އިންސާނީ ހަނގުރާމަ ހުއްޓާލުމަށް” ގޮވާލާ ގަރާރަށް އދ.ގެ އާންމު މަޖިލީހުގައި އަންގާރަ ދުވަހު ވޯޓަށް އަހާން ނިންމައިފި އެވެ.

ސަލާމަތީ މަޖިލީހުގެ ދާއިމީ ފަސް މެމްބަރުންގެ ތެރޭގައި ހިމެނޭ އެމެރިކާ އިން މިދިޔަ ހުކުރު ދުވަހު ވަނީ ވީޓޯ ބޭނުންކޮށްގެން ހަނގުރާމަ ހުއްޓާލުމަށް ގޮވާލާ ޑްރާފްޓް ލިޔުން ހުއްޓުވާފަ އެވެ.

ޕްރެޝަރު އުފެއްދުމުގެ ގޮތުން އަރަބި ގައުމުތަކުން އާންމު މަޖިލީހުގެ އާ ހާއްސަ ޖަލްސާއެއް ބާއްވަން ގޮވާލީ ސަލާމަތީ މަޖިލީހުގެ ބައެއް ސަފީރުން ރަފާ ބޯޑަރަށް ކުރެއްވި ޒިޔާރަތަށް ފަހު އެވެ. އެޖެންސް ފްރާންސް-ޕްރެސް އަށް ފެނުނު ޑްރާފްޓް ލިޔުމުގައި، ހުކުރު ދުވަހު އެމެރިކާއިން ކައުންސިލްގައި ބްލޮކްކުރި ގަރާރު ވަރަށް ބޮޑަށް ރިޕްރޮޑިއުސްކޮށްފައިވެ އެވެ.

އެސޯސިއޭޓެޑް ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ވޯޓުން އިސްރާއީލާއި ހަމާސް ހަނގުރާމަ ނިމުމަކަށް ގެނައުމަށް ދުނިޔޭގެ ބޮޑު ތާއީދެއް ފެނިގެންދާނެ ކަމަށް ފަލަސްތީނުން އުއްމީދު ކުރެ އެވެ.

އިންސާނީ ހަނގުރާމަ ހުއްޓާލުމަށް ގޮވާލައި އެމެރިކާއިން މިދިޔަ ހުކުރު ދުވަހު ސަލާމަތީ މަޖިލީހުގައި ހުށަހެޅި ގަރާރު ވީޓޯ ކުރުމާ އެކު އަރަބި އަދި އިސްލާމީ ގައުމުތަކުން ވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު 193 މެމްބަރުން ހިމެނޭ އާންމު މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ބާއްވައި އެ ކަމަށް ގޮވާލާ ގަރާރަކަށް ވޯޓަށް އަހާފަ އެވެ.

ސަލާމަތީ މަޖިލީހުގެ ގަރާރުތަކާ ހިލާފަށް އާންމު މަޖިލީހުގެ ގަރާރުތަކަކީ ގާނޫނީ ގޮތުން ލާޒިމު ގަރާރުތަކެއް ނޫނެވެ. ނަމަވެސް އދގެ ތަރުޖަމާނަކު ހޯމަ ދުވަހު ވިދާޅުވި ފަދައިން، އެސެމްބްލީގެ މެސެޖުތަކަކީ ވެސް ވަރަށް މުހިންމު މެސެޖުތަކެއް ކަމަށާއި އެއީ ދުނިޔޭގެ ހިޔާލު ދައްކުވައިދޭ މެސެޖްތަކެއް ކަމަށެވެ. ފަލަސްތީނުގެ އދ.ގެ ސަފީރު ވިދާޅުވީ އެސެމްބްލީގެ ބޮޑު ވޯޓެއް ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

އިސްރާއީލުން ޣައްޒާއަށް ބޮމުގެ ހަމަލާތައް ދެމުން އަންނައިރު، ޣައްޒާގެ މެދުތެރޭގައި ކުރިމަތިލުންތަކެއް ހިނގާފައިވާކަމަށް ހަމާސްއިން ވަނީ ބުނެފަ އެވެ.

އެޖެންސް ފްރާންސް-ޕްރެސްއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ދިން ހަމަލާތަކުގެ ތެރޭގައި ޣައްޒާގެ ދެކުނުގެ މައި ސިޓީ ކަމަށްވާ ޚާން ޔުނިސް އާއި މިސްރުގެ ބޯޑަރު ސަރަހައްދުގައި އެތައް ހާސް ބަޔަކު ހިޔާވަހިކަން ހޯދަމުން އަންނަ ސިޓީއެއް ކަމަށްވާ ރަފާއަށް ވެސް ވަނީ ހަމަލާދީފަ އެވެ.

އިޒްރޭލުން ޢައްޒާއަށް ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް ވަނީ 18،000އަށް ވުރެ ގިނަ މީހުން ޝަހީދު ވެފައެވެ. އޭގެތެރޭގައި ގިނަ އަދަދަކަށް އަންހެނުންނާއި ކުޑަކުދިން ހިމެނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ